logo

ތިނަދޫގައި ބައިނަލްއަގްވާމީ ވައިގެ ބަނދަރެއް ހަދަން ބަޔަކާއި ހަވާލުކޮށްފި

profile

އަހުމަދު ޒަލީފު - 20 ފެބްރުއަރީ 2024 - 22:20

ތިނަދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުގައި ސޮއިކުރުން--- ފޮޓޯ: ރައީސް އޮފީސް

ތިނަދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުގައި ސޮއިކުރުން--- ފޮޓޯ: ރައީސް އޮފީސް

ގދ. ތިނަދޫ ފަޅުގައި ބައިނަލްއަގްވާމީ ވައިގެ ބަނދަރެއް ހަދަން ބަޔަކާއި ހަވާލުކޮށްފިއެވެ.

މިރޭ ތިނަދޫގައި ބޭއްވި ރަސްމިއްޔާތެއްގައި އެކަމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބެވެ.

މި މަޝްރޫއުގެ މަސައްކަތް ކުރިއަށްގެންދަން ހަވާލު ކޮށްފައި ވަނީ ތައިލެންޑުގެ ޕޭން ޕެސިފިކް ކޮމްޕެނީ ލިމިޓެޑް އާއެވެ. އެ ކުންފުނީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ސީއީއޯ މރ. ޖިރާޓް ޕެތްނުންތަވޮންގއެވެ.

މި މަޝްރޫއުގެެ ދަށުން ތިނަދޫގައި ނުވަތަ ސަރުކާރު ހަމަޖައްސާ ފަޅެއްގައި އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމާއި، ގދ. އަތޮޅުގައި ޓުރިޒަމް ސިނާއަތާއި އެހެނިހެން އިގްތިސޯދީ ކަންކަން އިންވެސްޓްކޮށް ތަރައްގީ ކުރުމާއި، ގދ. އަތޮޅުގައި މި އިންވެސްޓްގްމެންޓްތައް ހިންގުމަށް މަގުފަހިވާ ވަސީލަތްތައް ގާއިމް ކުރުން ހިމެނެއެވެ.


އިތުރު ތަފްސީލް އަންނަނީ..

tel:+9607331319