logo

ސިހުރުވެރިންކަމަށް ބުނާ ދެ މީހުންގެ ޓިކެޓް ނަގައިދިނީ ކާކުތަ؟

profile

އަހުމަދު ޒަލީފު - 23 ޖުލައި 2023 - 21:11

ތިނަދޫއަށް ގެނައި 2 ސިހުރުވެރިން

ތިނަދޫއަށް ގެނައި 2 ސިހުރުވެރިން

ގދ. ތިނަދޫގައި މިމަހުގެ 14 ވަނަ ދުވަހު، ސަހަރާތެރެގައި ސިހުރު ހަދާ މައްސަލައެއް ފެންމަތިވެފައިވަނިކޮށް ތިނަދޫއަށް ގެނައި އިންޑިއާއަށް ނިސްބަތްވާ ސިހުރު ހަދާ ދެމީހަކު ހޯދަން މޯލްޑިވްސް އިމިގްރޭޝަން އިން އިއުލާނުކޮށްފައިވާއިރު، މި ދެ މީހުންގެ ޓިކެޓް ނަގައިދިނީ ކާކުތޯ ބެލުމަށް ގިނަ ބަޔަކު ސުވާލު އުފައްދަމުން އެބަ ދެއެވެ.

އިމިގްރޭޝަން އިން ހޯދަން އިއުލާނުކޮށްފައިވާ ދެ މީހުންނަކީ، އުމުރުން 34 އަހަރުގެ އިލްޔާސް އަންސާރީ ޚާލިޔަތް ކޮޔާ އާއި، ކޮޔާ ޚާލިޔަތް ޚާލިދު ނަމަކަށް ކިޔާ އުމުރުން 78 އަހަރުގެ އިންޑިއާއަށް ނިސްބަތްވާ ދެ މީހެކެވެ.

މާލެއިން ކާޑެއްދޫއަށް އަދި ކާޑެއްދޫން މޭލެއަށް ނެގާފައިވާ އެއާރ ޓީކެޓްތައްވެސް ސޯޝަލް މީޑިޔާގައި އާއްމުވެފައިވާއިރު، މި ދެ މީހުންގެ ދަތުރާއި އެހެނިހެން އިންތިޒާމުތައް ހަމަޖައްސައިދީފައިވަނީ، ތިނަދޫ އުތުރު ދާއިރާގެ ކުރީގެ މެމްބަރު ސަޢުދުﷲ ޙިލްމީއެވެ. ޓިކެޓްތަކުގެ ބުކިންގ ވެސް ހަދާފައިވަނީ އޭނާގެ ނަމްބަރު ބޭނުކޮށްގެންނެވެ.

އެ މީހުންނަށް ނަގާފައިވާ ޓިކެޓުގެ މައުލޫމާތު

މަޢުލޫމާތު ލިބޭ ގޮތުގައި، މި ދެ މީހުން ރާއްޖެ އައިސްފައިވަނީ މާފުށީގެ ގެސްޓް ހައުސްއެއް ކަމަށްވާ އަލައިކާ މާފުށި" ގެސްޓް ހައުސްގެ ނަމުގައެވެ. މި ގެސްޓް ހައުސް އަކީވެސް ސަޢުދުﷲ ގެ މަސްލަޙަތު އޮންނަ ގެސްޓްހައުސްއެއް ކަމަށް ވެއެވެ.

މި މައްސަލަ ފުލުހުން އަންނަނީ ތަހުޤީޤު ކުރަމުންނެވެ.

tel:+9607331319