logo

ތިނަދޫ ކައުންސިލަށް ސިޓީ ކައުންސިލެއްގެ ދަރަޖަ ދެވޭނީ ޤާނޫނު އިސްލާޙުކޮށްގެން - ފިލްޒާ

profile

އަހުމަދު ޒަލީފު - 12 ޑިސެމްބަރު 2023 - 19:03

—-

—-

ތިނަދޫ ރަށު ކައުންސިލަށް ސިޓީ ކައުންސިލެއްގެ ދަރަޖަ ނުދެވޭނެކަމަށް ރައްޔިތުން މަޖިލިހުގެ ކައުސިލް ޖެނެރަލް ފާޠިމަތު ފިލްޒާ ލަފާ ދެއްވައިފިއެވެ.

މިދިޔަ ސަރުކާރުގެ ފަހު ދުވަސްކޮޅު ގދ. ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދީފައިވާއިރު އެކަމުގެ ސައްހަކަމާމެދު ސުވާލު އުފެދުމުން، ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީ އިން އެ މައްސަލަ ބަލައި އެ ރަށަކީ ސިޓީއެއް ކަމުގައި ނިންމާފައިވެއެވެ.

ކައުންސިލްގެ ރައީސް ސައުދު އަލީ ވިދާޅުވީ، އެކި ވުޒާރާތަކުން އެ ކައުންސިލަށް އެޑްރެސް ކުރަނީ އެކި ގޮތްގޮތައް ކަމަށެވެ. އެގޮތުން ބައެއް ފަރާތްތަކުން "ތިނަދޫ ކައުންސިލް" ޖަހާއިރު އެހެން ފަރާތްތަކުން "ތިނަދޫ ސިޓީ ކައުންސިލް" ޖަހާފައިހުންނަކަމަށެވެ. އެފަދަ މައްސަލަތަކާއި ގުޅިގެން އިއްޔެ ލާމަރުކަޒީ ކޮމިޓީއިން ނިންމައިފައިވަނީ ތިނަދޫ އަކީ ސިޓީއެއް ކަމަށާއި އެ ރަށު ކައުންސިލަކީ ސިޓީ ކައުންސިލެއް ކަމަށާއި އަދި އެ ސިތީގައި މޭޔަރެއް ހުންނަން ޖެހޭކަމަށެވެ.

ނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީން ނިންމާފައިވާ ނިންމުމަކީ ގޯސް ނިންމުމެއް ކަމުގައި ފިލްޒާ ވިދާޅުވެފައިވެއެވެ. ކައުންސެލް ޖެނެރަލްގެ ގާނޫނީ ލަފާއާއި ބެހޭގޮތުން ކޮމިޓީގައި މަޝްވަރާކުރުމަށް، ލާމަރުކަޒީ ކޮމިޓީގެ މުގައްރިރު ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް، ފިލްޒާ ފޮނުއްވެވި ލަފާ ކޮމިޓީއަށް ހުށަހަޅުއްވާފައިވެއެވެ.

ފިލްޒާގެ ލަފާފުޅުގައި މައިގަނޑުކޮށް ފާހަގަކުރެއްވި ނުކުތާއަކީ ކައުންސިލް މެންބަރުންގެ ދައުރު މެދުތެރެއިން ސިޓީއެއްގެ ދަރަޖަ ރަށަކަށް ހަމަޖައްސައިފިނަމަ، އެ މެންބަރުންގެ ދައުރު ނިމެންދެން އެ ކައުންސިލެއް ރަށު ކައުންސިލެއްގެ ދަރަޖާގައި ދެމިއޮންނާނެކަމެވެ. ފިލްޒާގެ ލަފާގައި ރިއާޔަތްކުރެއްވީ ގާނޫނުގެ 52ވަނަ މާއްދާގެ (ނ) އަށެވެ.

ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ އެއިރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ޤަރާރަކުން ހަމަޖައްސަވާފައިވަނީ، ސިޓީއެއްގެ ޝަރުތު ފުރިހަމަނުވަނީސް، އާބާދީގައި ހަމަވާންޖެހޭ އަދަދަށް މީހުން ހަމަނުވަނީސް އޮޅުވާލައިގެންކަމަށް އެއިރު ތުހުމަތުވެފައިވެއެވެ.

tel:+9607331319