logo
 ކުވެއިތު ސިޓީގައި ހުންނަ އެމެރިކާގެ އެމްބަސީ ކައިރިއަށް އީރާނުން ދިން ކަމަށް ބުނާ ހަމަލާއަކާ ގުޅިގެން އެ ސަރަހައްދުން ދުން އަރަމުންދާ މަންޒަރު. (އޭއެފްޕީ / ގެޓީ އިމޭޖަސް)

ކުވެއިތު ސިޓީގައި ހުންނަ އެމެރިކާގެ އެމްބަސީ ކައިރިއަށް އީރާނުން ދިން ކަމަށް ބުނާ ހަމަލާއަކާ ގުޅިގެން އެ ސަރަހައްދުން ދުން އަރަމުންދާ މަންޒަރު. (އޭއެފްޕީ / ގެޓީ އިމޭޖަސް)

ކުވެއިތަށް ދިން ހަމަލާއަކީ ހަނގުރާމަ ފުޅާކުރަން ބަޔަކު ރޭވި އޮޅުވާލުމެއް: އީރާން

profile

އާމިނަތު ޝަޒްލާ - 27 ނޮވެމްބަރު 2026 - 10:36

ކުވެއިތަށް ދިން ޑްރޯން ހަމަލާއަކީ ހަނގުރާމައިގެ ދާއިރާ އިތުރަށް ފުޅާކުރުމުގެ މަގުސަދުގައި، އޮޅުވާލުމުގެ ތެރެއިން ބަޔަކު އަޑީގައި ތިބެގެން ރާވައިގެން ހިންގާފައިވާ "ފޯލްސް ފްލެގް" އޮޕަރޭޝަނެއް ކަމަށް އީރާނުން ބުނެފިއެވެ. މިކަން ހާމަކޮށްފައިވަނީ އަލް ޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި އިޓަލީގެ ވެރިރަށް ރޯމްގައި ހުންނަ އީރާނުގެ އެމްބަސީން ނެރުނު ބަޔާނެއްގައެވެ.

https://wamco.com.mv/

އެމްބަސީގެ ބަޔާނުގައި، އިޓަލީގެ ދެ ރައްޔިތުން މަރުވި މި ހިތާމަވެރި ހާދިސާގައި އީރާނުގެ އެއްވެސް ބައިވެރިވުމެއް އޮތް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ވަނީ ކަނޑައެޅިގެން ދޮގުކޮށްފައެވެ. އަދި ގަލްފުގެ ސަރަހައްދީ މަސްރަހު ނުތަނަވަސްވެ ގޯސްވަމުންދާ މައިގަނޑު ސަބަބަކީ އެމެރިކާ އާއި ޒަޔަނިސްޓް އިސްރާއީލުން ހިންގަމުންދާ އަސްކަރީ އުދުވާނުތައް ކަމަށް ބަޔާނުގައި ވެއެވެ.

މީގެއިތުރުން، މި ހަމަލާއަކީ މެދުއިރުމަތީގެ ހަނގުރާމައިގެ ދާއިރާ އިތުރަށް ފުޅާކޮށް، އެހެން ސަރަހައްދުތަކުގައި ހިނގަމުންދާ ހަމަނުޖެހުންތައް ގަލްފުގެ ސަރަހައްދަށާއި ޔޫރަޕާ ގުޅުވާލުމަށްޓަކައި ހިންގި ނުރައްކާތެރި އަމަލަކަށް ވެދާނެ ކަމަށް ބުނެ، މިފަދަ ކަންކަމަށް ސަމާލުވުމަށް އީރާނުން ވަނީ ބައިނަލްއަގުވާމީ މުޖުތަމައަށް އިންޒާރު ދީފައެވެ.

މި ހާދިސާއާ ގުޅިގެން މަސްރަހު ހޫނުވެފައިވާ ދަނޑިވަޅެއްގައި، އީރާނުގެ ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) އިން ވެސް ވަނީ މުހިންމު ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ބުނެފައިވަނީ، ހޮރްމުޒް ކަނޑުއޮޅީގައި ހުއްދަ ނެތް ސަރަހައްދުތަކުން ބޯޓުފަހަރު ދަތުރުކުރަމުން ދިޔަ ވަގުތެއްގައި، އެމެރިކާގެ އެފް-16 މަރުކާގެ ހަނގުރާމަމަތީ ބޯޓެއް އީރާނުގެ ވައިގެ ސަރަހައްދާ ނުރައްކާތެރި މިންވަރަކަށް ކައިރިވެފައިވާ ކަމަށެވެ.

އައި.އާރު.ޖީ.ސީ އިން ހާމަކުރި ގޮތުގައި، ގައުމުގެ ސިޔާދަތު ދިފާއުކުރުމުގެ ގޮތުން ދިން ވަރުގަދަ އިންޒާރުގެ ހަމަލާތަކަކާ ގުޅިގެން، އެމެރިކާގެ އަސްކަރީ ބޯޓަށް ވަނީ އީރާނުގެ ވައިގެ ސަރަހައްދާ ދުރަށް، ފަހަތަށް ޖެހެން މަޖުބޫރުވެފައެވެ. ގަލްފު ސަރަހައްދުގައި ހިނގަމުންދާ މިފަދަ އަސްކަރީ ކުރިމަތިލުންތަކުގެ ސަބަބުން، މުޅި ސަރަހައްދުގެ ސުލްހަމަސަލަސްކަމަށް އިތުރު ނުރައްކާތަކެއް ވަނީ ކުރިމަތިވެފައެވެ.

https://wamco.com.mv/
tel:+9607331319