logo

ފަތުރުވެރިންނަށް ވިސާގެ މުއްދަތު އިތުރުކުރަނީ

profile

ރިޟްވާން މޫސާ - 29 މާރިޗު 2026 - 13:46

އަންނަމަހުގެ 1ވަނަ ދުވަހުން ފެށިގެން ފަތުރުވެރިންނަށް ވިސާގެ މުއްދަތު އިތުރުކުރުމުގެ ފަސޭހަ އިންތިޒާމްތަކެއް ހަމަޖެހިގެންދާނެ ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވަޒީރު ތާރިޤު އިބްރާހިމް ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

މެދުއިރުމަތީގެ ހަނގުރާމަ އާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓަށް ވަނީ ވަރަށް ބޮޑެތި ނޭދެވޭ އަސަރު ކޮށްފަ އެވެ.

މިނިސްޓަރު ތޯރިގު ވިދާޅުވީ ހަނގުރާމައިގެ ސަބަބުން ފްލައިޓްތައް ކެންސަލް ވީ ކަމުގައި ވިނަމަވެސް މެދުއިރުމަތީގެ އުދުހުންތަކަށް ބަރޯސާ ނުވެ އެހެނިހެން ގޮތް ގޮތުން ރާއްޖެއަށް މާކެޓްތައް ހޯދުމުގެ މަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ.

ވިދާޅުވީ، ފަތުރުވެރިންނަށް ދޫކުރާ ވިސާގެ މުއްދަތަކީ 30 ދުވަސް ކަމަށާއި، އެ މުއްދަތަށްވުރެ އިތުރަށް ރާއްޖޭގައި މަޑުކުރަން ޖެހޭ ހާލަތްތަކުގައި ފަތުރުވެރިންނަށް އެކަން ކުރެވޭނެ ފަސޭހަ އިންތިޒާމްތަކެއް ހަމަޖެއްސުމަށް އިމިގްރޭޝަނާއެކު ގިނަ މަސައްކަތަކެއް ކުރަމުން އަންނަ ކަމަށެވެ.

އަދި ވިސާގެ މުއްދަތު އިތުރުކުރެވޭނެ ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސާ އެޕްރީލް 1އިން ފެށިގެން އެ ޚިދުމަތަށް އެދި ހުށަހެޅޭނެ އިންތިޒާމް ހަމަޖެއްސުމަށް ނިންމާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ރާއްޖެ އަންނަ ފަތުރުވެރިންގެ ތެރެއިން 30 އިންސައްތަ ފަތުރުވެރިން އަންނަނީ މެދުއިރުމަތީގެ އެއާލައިންތަކުން ކަމަށް ވަޒީރު ވިދާޅުވިއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk