logo

ރާއްޖެއަށް ބޭނުންވާ ކާބޯތަކެތި ދަތިނުވެ ލިބޭނެ: ޙަލީލް

profile

ރިޟްވާން މޫސާ - 29 މާރިޗު 2026 - 13:45

ރާއްޖެއަށް ދަތިކަމެއް ނެތި ބޭހާއި ކާބޯތަކެތި ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ކުރާ މަސައްކަތްތަކަށް ކުރިއެރުން ލިބެމުން އަންނަ ކަމަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޑރ. ހަލީލް ވިދާޅުވީ ރާއްޖެއަށް ކާބޯތަކެއްޗާއި ތެލާއި ބޭސްފަދަ ޒަރޫރީ ޚިދުމަތްތައް ފަސޭހަކަމާއެކު މެދުނުކެނޑި ލިބޭނެ އިންތިޒާމްތައް ހަމަޖެއްސުމަށް އިތުރު މަގުތައް ހޯދުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން ބައެއް ޤައުމުތަކާއެކު ރަސްމީ މަޝްވަރާތައް ފަށާފައިވާ ކަމަށެވެ.

ޙަލީލް ވަނީ އެކަމަށް ޚާއްސަ ޓީމެއް ދާދިފަހުން ސްރީލަންކާގެ ކޮލަމްބޯއަށް ގޮސް ބައެއް މަޝްވަރާތައް ކޮށްފައިވާ ކަމަށް ވެސް ވިދާޅުވެފަ އެވެ.

ސަރުކާރުން މިހާރުވެސް ޙަރަދުތައް ކުޑަކުރަން މަސައްކަތް ފަށާފައިވާ ކަން ފާހަގަކުރައްވަމުން ހަލީލް ވިދާޅުވީ ހަގުރާމައިގެ ސަބަބުން އިގުތިސާދަށް ކޮށްފާނެ އަސަރުތަކުން ލިބޭ ގެއްލުންތައް ބަލަމުން އަންނަ ކަމަށެވެ.

އަދި ވިދާޅުވީ ރާއްޖޭގެ އިމާރާތް ކުރުމުގެ ދާއިރާއަށް ބޭނުންވާ ބައެއް ސާމާނުތައް ލިބުމުގައި ކުރިމަތިވާ ގޮންޖެހުންތަކަށް އަވަސް ޙައްލެއް ހޯދައިދިނުމުގެ މަސައްކަތްތައްވެސް މިވަގުތު ކުރަމުން އަންނަ ކަމަށެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk