
މީގެ ކުރިން ސިނަމާލެ ބްރިޖުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގެ ފޮޓޯއެއް.
ހައިވޭ އެކްސިޑެންޓުގައި ނިޔާވީ އިންޑިއާ ރައްޔިތެއް: ފުލުހުން

އާމިނަތު ޝަޒްލާ - 14 މޭ 2026 - 05:47
ސިނަމާލެ ބްރިޖާއި ގުޅިފައިވާ ހައިވޭގައި، ހުޅުމާލެއިން މާލެއަށް ދަތުރުކުރާ ފަޅީގެ އެއާޕޯޓު ލައިޓް ކައިރީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި މީހަކު ނިޔާވެއްޖެއެވެ.
މިޙާދިސާގައި ނިޔާވެފައިވަނީ އުމުރުން 50 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
މި އެކްސިޑެންޓް ރޭ ހިނގާފައި މި ވަނީ ހުޅުމާލެ އިން މާލެ އަށް ދަތުރުކުރާ ފަޅިން ބާރު ސްޕީޑުގައި ދުއްވުމުގެ ސަބަބުން ކޮންޓްރޯލް ނުކުރެވިގެން ކަމަށް ފުލުހުން މައުލޫމާތު ދެއްވަ އެވެ.
މި ހާދިސާ އާޢި ބެހޭ ގޮތުން ފުލުހުން ބުނީ މި ހާދިސާ ހިނގައިގެން ފުލުހުންނަށް މި ކަމުގެ މައުލޫމާތު ލިބިފައި ވަނީ ރޭގެ 22:12 ހާއިރު ކަމަށެވެ.
މި ހާދިސާ ހިނގާފައިވާ ކަމަށް ބެލެވެނީ ބާރު ސްޕީޑުގައި ދުއްވަމުން އައި ސައިކަލެއް ކޮންޓްރޯލް ނުކުރެވިގެން ގޮސް ކަހާލައިގެން ވެއްޓުނު ވަގުތު ފަހަތުން އައި ޕިކަޕެއްގެ ދަށުވެގެން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން މިހާރު ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ. ހައިވޭއަކީ އާންމުކޮށް ބާރު ދުވެލީގައި އުޅަނދުތައް ދުއްވާ ސަރަހައްދަކަށް ވުމާއެކު، މިފަދަ ހާދިސާތައް މަދުކުރުމަށް ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސް ކުރެއެވެ.
މި ފަހަކަށް އިސް ނުރައްކާތެރި އެކްސިޑެން ހިނަގމުން އަންނަ މިންވަރު މަދު ކަމަށް ފާހަގަ ކުރެވެ އެވެ. ނަމަވެސް މިދިޔަ ފެބްރުއަރީ މަހުގައި ސިނަމާލެ ބްރިޖުގައި ހިނގި މިފަދަ ނުރައްކާތެރި އެންކސިޑެންޓެއްގައި ވަނީ އުމުރުން 16 އަހަރުގެ ދިވެހި ކުއްޖަކު ނިޔާވެފަ އެވެ.
ގުޅުން ހުރި ޙަބަރުތައް
.jpeg&w=3840&q=75)
ބީއެމްއެލްއިން "ޗާޓަރޑް ބޭންކަރ ޕްރޮގްރާމް"އެއް ފަށައިފި
ގަޑިއިރެއް ކުރިން

އައްޑޫ ސިޓީގައި ޤާއިމްކޮށްފައިވާ "އައްޑޫ ރީޖަނަލް ފްރީ ޒޯން" ރަސްމީކޮށް އިފްތިތާހްކޮށްފި
4 ގަޑިއިރު ކުރިން

ީއައްޑޫ ރީޖަނަލް ފްރީ ޒޯންގައި މުދާ ރައްކާކުރުމަށް ފުރުސަތު ހުޅުވާލައިފި
4 ގަޑިއިރު ކުރިން

އއ. ފެރިދޫއަށް މަސްތުވާތަކެތި އެތެރެކުރި މީހަކު ހައްޔަރަށް
6 ގަޑިއިރު ކުރިން


.gif&w=3840&q=75)