
އަހަރުގެ މިހާތަނަށް މަގުމަތީގެ އެކްސިޑެންޓްތަކުގެ 2327 މައްސަލަ ނިންމައިފި

އައިޝަތު އިނާޝާ - 23 ޑިސެމްބަރު 2025 - 11:33
އަހަރުގެ މިހާތަނަށް މަގުމަތީގެ އެކްސިޑެންޓްތަކުގެ 2327 މައްސަލަ ނިންމާފައިވާ ކަމަށް ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަން ހެޑް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ފަޞީހް ވިދާޅުވެއްޖެއެވެ.
އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފަޞީހް ވިދާޅުވީ މާލެ އަދި ބުރިޖް ހައިވޭ ހިމެނޭހެން މި އަހަރުގެ މިހާތަނަށް 2217 މައްސަލައެއް ހުށަހެޅިފައިވާ ކަމަށެވެ. އެ މައްސަލަތަކުގެ ތެރެއިން މިހާތަނަށް 2327 މައްސަލަ ނިންމާފައިވާ ކަމަށް ފަޞީހް ވިދާޅުވިއެވެ.
ފަޞީހް ވިދާޅުވީ ބުރިޖު އަދި ހައިވޭގައި ހިނގި އެކުސިޑެންޓް މައްސަލަތަކުގެ އަދަދަކީ 355 ކަމަށާއި ނިންމުނު މައްސަލަތަކުގެ ތެރެއިން، އަނިޔާ ލިބުނު ފަރާތްތަކަށް ބަދަލުގެ ގޮތުގައި 4437257.87 ރުފިޔާ ޓްރެފިކް ފުލުހުން މެދުވެރިވެގެން ނަގާދެވިފައިވާ ކަމަށާ މިއީ ފާއިތުވެ ދިޔަ އަހަރާ އަޅައިބަލާއިރު 76.09 އިންސައްތައިގެ އިތުރުވުމެއްކަމަށެވެ.
މިކަން ކޮށްފައިވަނީ އެކްސިޑެންޓުގައި ހިމެނޭ ފަރާތްތައް ހާޒިރުކޮށް ވާހަކަދައްކައި އެއްބަސްވެ އަދި ގާނޫނާއި ގަވާއިދުތަކާއި އުސޫލުތަކުގެ ތެރެއިން ކަމަށް ފަޞީހް ވިދާޅުވިއެވެ.
އަދި ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން 270 މައްސަލައެއްގައި އިންޝުއަރެންސް ރިޕޯޓު ދޫކުރެވިފައިވާ ކަމަށް ވެސް ފަޞީހް ވިދާޅުވިއެވެ.
މީގެއިތުރުން، ބުރިޖު އަދި ހައިވޭގައި ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ގާއިމުކޮށްދީ ރައްޔިތުންނަށް ފަސޭހަކޮށް ދިނުމަށްޓަކައި ޑިއުޓީކުރުމާއި ލައިޓް ގާއިމުކުރެވިފައިވާ 2 ސަރަހައްދުގައި ގިނަ ބަޔަކަށް ފަސޭހަ ކުރުމަށް ލައިޓް މެނޫވަލްކޮށް ކުރިއަށްގެންދިއުމުގެ މަސައްކަތް ކޮންމެ ދުވަހަކު ވެސް ފުލުހުން ކުރަމުންގެންދާ ކަމަށްވެސް ވިދާޅުވިއެވެ.
ފަޞީހް ވިދާޅުވީ ދަރިވަރުންގެ ސަލާމާތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި މާލޭގެ 20 ސްކޫލުގައި ދުވާލަކު 141 ފަހަރު ޓްރެފިކު ފުލުހުން ޑިއުޓީ ގާއިމުކޮށް މަގަށް އެ ވަގުތަކަށް ގެންނަންޖެހުނު ކޮންމެ ބަދަލެއް ގެނެސް މަގުމަތި ބޭނުންކުރާ އެންމެހައި ފަރާތްތަކަށް ހާއްސަކޮށް ކުޑަކުދިންނަށް ރައްކާތެރި މާހައުލެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންގެންދާ ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

ސްކޫލް ބަންދާއި މީލާދީ އައު އަހަރު ފެށުމާ ދިމާކޮށް، 'އޮޕަރޭޝަން ރިވެލި'ގެ ނަމުގައި ހާއްސަ އޮޕަރޭޝަނެއް
4 މިނިޓު ކުރިން

6 މަސް ދުވަހުގެ މުއްދަތެއް ނެތްނަމަ، ވީހާވެސް އަވަހަށް ޕާސްޕޯޓު އައު ކުރުމަށް އެދިއްޖެ
3 ގަޑިއިރު ކުރިން

ޓެކްސީގެ ޚިދުމަތް ހަރުދަނާކުރުމަށް ކުރެވިދާނެ ކަންކަމާމެދު މަޝްވަރާކޮށްފި
3 ގަޑިއިރު ކުރިން

އެމްޑީޕީގެ ޕްރައިމަރީ އަންނަ ޖަނަވަރީގައި ބާއްވަން ނިންމައިފި
3 ގަޑިއިރު ކުރިން


