logo

އެމްޑީޕީގެ ޕްރައިމަރީ އަންނަ ޖަނަވަރީގައި ބާއްވަން ނިންމައިފި

profile

މުޙައްމަދު ފަޟްލޫން - 23 ޑިސެމްބަރު 2025 - 11:32

ލޯކަލް ކައުންސިލްގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރާނެ ފަރާތްތައް ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ އަންނަ 2026 ވަނަ އަހަރުގެ ޖަނަވަރީ މަހު ބާއްވަން ނިންމައިފިއެވެ.

https://wamco.com.mv/

އެމްޑީޕީގެ ޕްރައިމަރީ ބާއްވަން ހަމަޖެހިފައިވަނީ އަންނަ ޖެނުއަރީ މަހުގެ 16 ވާ ހުކުރު ދުވަހު ކަމަށް އެޕާޓީން ކުރި އިއުލާނެއްގައި ވަނީ ބުނެފައެވެ.

ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރާނެ ފަރާތްތައް ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި 150 އަށް ވުރެ ގިނަ ކެންޑިޑޭޓުން ވާދަކުރާނެ ކަމަށް އެމްޑީޕީ އިން ވަނީ ބުނެފައެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރާނެ ފަރާތްތަކާއި ޕްރައިމަރީ އޮންނާނެ ދާއިރާތަކުގެ ތަފްސީލްތައް އެ ޕާޓީގެ ވެބްސައިޓްގައި ވަނީ އިއުލާންކޮށްފައެވެ.

ޕްރައިމަރީގެ ވޯޓްލުން އަންނަ ޖެނުއަރީ މަހުގެ 16 ވާ ހުކުރު ދުވަހުގެ މެންދުރު ފަހު 14:00 އިން ފެށިގެން ރޭގަނޑު 20:00 އާއި ހަމައަށް ކުރިއަށްދާނެ ކަމަށް ވަނީ ބުނެފައެވެ.

ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ ޕްރައިމަރީ އިންތިހާބާއި ގުޅިގެން ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން އެސްއެމްއެސް އާއި ގޫގުލް ފޯމް މެދުވެރިކޮށް ޝަކުވާ ކޮމިޓީއަށް ޝަކުވާ ހުށަހެޅޭނެ ކަމަށްވެސް އިއުލާނުގައި ވަނީ ބުނެފައެވެ.

ޝަކުވާ ބަލައިގަންނާނީ މި ޑިސެމްބަރު މަހުގެ 22 އިން ޖަނަވަރީ މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ހެނދުނު 9 އިން ރޭގަނޑު 12 ޖެހުމާއި ދެމެދުގެ ވަގުތުގައި ކަމަށްވެސް އެމްޑީޕީގެ އިއުލާނުގައި ވަނީ ބުނެފައެވެ.

އެމްޑީޕީގެ އިތުރުން ޕީއެންސީގެ ޕްރައިމަރީ ބާއްވާނެ ތާރީހުވެސް ވަނީ އިއުލާން ކޮށްފައެވެ.

ޕީއެންސީގެ ފަރާތުން ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގައި ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ އިންތިހާބު އޮންނާނީ މި ޑިސެމްބަރު މަހުގެ 27 ގައި ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay