
ރަސްމާލޭގެ ޓްރާންސްޕޯޓް މާސްޓާޕްލޭން ހަދާނެ ބަޔަކު ހޯދަނީ

ޝަހްޒާ މުޙައްމަދު - 09 ޑިސެމްބަރު 2025 - 07:15
ރަސްމާލެ ޓްރާންސްޕޯޓް މާސްޓަ ޕްލޭން ޕްރޮޖެކްޓުގެ ޕްރިޕަރޭޝަން އަދި ފީޒިބިލިޓީ ސްޓަޑީ ހެދުމުގެ ކޮންސަލްޓަންސީ ސާވިސް ދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން ކުރި އިއުލާނެއްގައި ވަނީ އެ މަސައްކަތްކޮށް ޝައުޤުވެރިކަން ހުރި ފަރާތްރަކަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއައިއޯ) ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 24 އާ ހަމައަށް ހުޅުވާލައިފަ އެވެ.
މި ކޮންސަލްޓެންސީގެ މައިގަނޑު މަގުޞަދަކީ ރަސްމާލެއަށް ފުރިހަމަ ދަތުރުފަތުރުގެ މާސްޓަ ޕްލޭނެއް އެކުލަވައިލުމެވެ. މި މަސައްކަތުގެ މައިގަނޑު އެއް އަމާޒަކީ ވެރިކަންކުރާ ރަށް މާލެ އާއި ރަސްމާލެއާ ދެމެދު، އަދި ރަށުގެ އެތެރޭގައި ވެސް ރައްކާތެރި، އިތުބާރު ހިފޭ އަދި ދެމެހެއްޓެނިވި ދަތުރުފަތުރުގެ ނިޒާމެއް ޤާއިމުކުރުމެވެ.
އެމިނިސްޓްރީން ބުނީ ކޮންސަލްޓަންސީ މަސައްކަތްކޮށް ދޭން ޝައުގުވެރިވާ ފަރާތްތަކުން މަސައްކަތުގެ ތަފްސީލްތައް އަގު އެނގޭނޭހެން އަދި އެ ކުންފުންޏެއްގެ މުވައްޒަފުންގެ މިފަދަ މަސައްކަތްތަކުގެ ހުނަރާއި ޤާބިލުކަން އެނގޭނެހެން، އަދި ކުންފުނީގެ މިފަދަ މަސައްކަތުގެ މަޢުލޫމާތު ހިމެނޭހެން ތަފްސީލް ހުށަހަޅަން ޖެހޭނެ ކަމަށެވެ.
ކޮންސަލްޓަންޓެއް ހޮވާނީ ދައުލަތުގެ މާލިއްޔަތުގެ ގަވައިދުގައި ބަޔާންކޮށްފައިވާ ކޮލިޓީ އެންޑް ކޮސްޓް ބޭސްޑް ސިލެކްޝަން މެތަޑް އާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ. އަދި މަސައްކަތްތަކަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު ދޭނެ ދޭނެ އެވެ.
މިކަމާ ގުޅޭ ޓާމްސް އޮފް ރިފަރެންސް (ޓީއޯއާރް) އެ މިނިސްޓްރީގެ ވެބްސައިޓް އިން ޑައުންލޯޑް ކުރެވޭނެ ކަމަށް ފިނޭންސް މިނިސްޓްރީއިން ބުންޏެވެ.
ގުޅުން ހުރި ޙަބަރުތައް

ވީއައިއޭގެ އައު ޓާމިނަލް އިން ޑިސްކަވަރ އެއަރލައިންސް އަށް ހިދުމަތް ދޭން ފަށައިފި
3 މިނިޓު ކުރިން

ރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، އިކޮނޮމިކް މިނިސްޓަރގެ އަރިހަށް ޒިޔާރަތްކުރައްވައިފި
9 މިނިޓު ކުރިން

ރާއްޖެއާ ޗައިނާ ގުޅިގެން ކުރެވިދާނޭ މަސައްކަތްތަކާ ގުޅޭތުން މަޝްވަރާކުރައްވައިފި
2 ގަޑިއިރު ކުރިން

ރާއްޖެ އެތެރެކުރަން އުޅުނު 3 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި
2 ގަޑިއިރު ކުރިން


