
ގަވާއިދާ ހިލާފަށް އުޅެމުންދިޔަ ބިދޭސީންތަކެއް ހައްޔަރުކޮށްފި

މުޙައްމަދު ފަޟްލޫން - 06 ޖެނުއަރީ 2026 - 05:57
ދިވެހިރާއްޖޭގައި ގަވާއިދާ ހިލާފަށް ބިދޭސީން ވިޔަފާރިކުރަމުންދާ 7 ތަނެއް ބަލައިފާސްކޮށް 2 ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ގަވާއިދާ ހިލާފަށް ބިދޭސީން ވިޔަފާރިކުރާ ތަންތަން ދެނެގަތުމަށް އިކޮނޮމިކް ޑިޕާޓްމެންޓާއި ޓާސްކްފޯސް ގުޅިގެން މާލޭގައި އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ.
އިމިގްރޭޝަނުން ހިންގި އޮޕަރޭޝަންގައި 07 ތަނެއް ބަލައި ފާސްކޮށް 2 ބިދޭސީއަކު ވަނީ ހައްޔަރުކޮށްފައެވެ.
ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ކުރާ ވިޔަފާރިތައް ހުއްޓުވައި، އެފަދަ ފަރާތްތައް އަނބުރާ އެމީހުންގެ ގައުމުތަކަށް ފޮނުވާލުމުގެ މަސައްކަތް ސަރުކާރުން ފަށާފަވާއިރު ފާއިތުވި ދެ އަހަރުގެ ތެރޭގައި ގވާއިދާ ހިލާފަށް އުޅެމުން އައި އަދި ޖިނާޢީ ކުށްތަކުގައި ބައިވެރިވެފައިވާ 9188 ބިދޭސީން ވަނީ ރާއްޖެއިން ފޮނުވާލާފައެވެ.
ބިދޭސީންގެ މަޢުލޫމަތު އެއްކުރުމަށް ހިންގާ އޮޕަރޭޝަންގެ ދަށުން އެއްލައްކަ ނުވަދިހަ ހާހަށްވުރެ ގިނަ ބިދޭސީންގެ މަޢުލޫމާތު ސަރުކާރުން މިހާރު ވަނީ އެއްކޮށްފައެވެ. އަދި އިތުރު މަރުޙަލާތަކުގެ ދަށުން ރާއްޖެއަށް އެތެރެވުމަށް ކޯޓާ ދިން ފަރާތް ނޫން ފަރާތްތަކުގެ ކައިރީ މަސައްކަތް ކުރަމުންދާ ބިދޭސީން ގެންގުޅޭ ފަރާތްތަކަށް އޭޕްރީލް މަހުގެ 2 ވަނަ ދުވަހާއި ހަމައަށް ގަވާއިދުގެ ތެރެއަށް ވަނުމުގެ ފުރުސަތު މިހާރު ވަނީ ދީފައެވެ.
ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީން އަންނަ އަހަރު އެއްވެސް އިތުރު ފުރުސަތެއް ދިނުމަކާއި ނުލާ ޑީޕޯޓް ކުރާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.





