logo

ރާއްޖޭގެ ފަތުރުވެރިކަމުގެ ބިންގަލަކީ މިތުރުވެރިކަން: ރައީސުލްޖުމްހޫރިއްޔާ

profile

ޒިދާން މުޙައްމަދު - 03 އޮކްޓޯބަރު 2024 - 12:30

"ސަމިޓް އޮފް ދަ ފިއުޗާ"ގެ ސައިޑް އިވެންޓް 'އަ ވިޝަން ފޯ އަ އިންޓެލިޖެންސް ޑްރިވެން ފިއުޗާ ފޯ މޯލްޑިވްސް' ގައި ރައީސް ވާހަކަފުޅު ދައްކަވަނީ (ފޮޓޯ/ ރައީސް އޮފީސް)

"ސަމިޓް އޮފް ދަ ފިއުޗާ"ގެ ސައިޑް އިވެންޓް 'އަ ވިޝަން ފޯ އަ އިންޓެލިޖެންސް ޑްރިވެން ފިއުޗާ ފޯ މޯލްޑިވްސް' ގައި ރައީސް ވާހަކަފުޅު ދައްކަވަނީ (ފޮޓޯ/ ރައީސް އޮފީސް)

ރާއްޖޭގެ ފަތުރުވެރިކަމުގެ ބިންގަލަކީ މިތުރުވެރިކަން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ޤައުމީ ފަތުރުވެރިކަމުގެ ދުވަހާ ގުޅުވައިގެން ދުވަހުގެ ތަހުނިޔާ ފޮނުއްވައި، ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ބިންގަލަކީ މިތުރުވެރިކަން ކަމަށެވެ. އަދި އެކުވެރިކަމާއި ހިތްހެޔޮކަމާއި އަމާންކަމާއި ރައްކާތެރިކަމަކީވެސް ރާއްޖޭގެ ފަތުވެރިކަމުގެ ބިންގާ ކަމަށް ރައީސް ދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ފަތުވެރިކަން ކާމިޔާބުކަމާއެކު ދެމެހެއްޓުމުގައި ދިވެހީންގެ ޞުލްޙަވެރި، އަދި އޮމާން ދިވެހި ގޮތްތައް ހިފެހެއްޓުން ނުހަނު ބޭނުންތެރި ކަމަށެވެ.

ރާއްޖޭގައި ޤައުމީ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް އޮކްޓޫބަރު މަހުގެ 3 ވަނަ ދުވަހުއެވެ. މި ދުވަސް ފާހަގަކުރުމަށް ސަރުކާރުން ނިންމެވީ 2021 ވަނަ އަހަރުއެވެ.

އޮކްޓޫބަރު މަހުގެ 3 ވަނަ ދުވަހާ ދިމާކޮށް ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ނިންމެވީ ރާއްޖޭގައި ފުރަތަމަ ރިސޯޓެއް ހުޅުވި ތާރިޚާ ގުޅުވައިގެންނެވެ.

ރާއްޖޭގައި ފަތުރުވެރިކަން ފެށުނީ 1972 ވަނަ އަހަރުގައެވެ.

ދިވެހިރާއްޖެއަކީ ފަތުރުވެރިންގެ މެދުގައި އެންމެ މަގުބޫލް އެއް މަންޒިލެވެ. 2003 ވަނަ އަހަރު ވޯލްޑް ޓްރެވަލް އެވޯޑްސްގައި އިންޑިއަން އޯޝަން ކެޓަގަރީ ތައާރަފްކުރި ފަހުން ދިވެހިރާއްޖެއިން ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދާފައިވެއެވެ.

ދިވެހިރާއްޖެއިން ވަނީ ލީޑިން ޑެސްޓިނޭޝަން 17 ފަހަރު، ލީޑިން ހަނީމޫން ޑެސްޓިނޭޝަން 6 ފަހަރު، އަދި ލީޑިން ޑައިވް ޑެސްޓިނޭޝަން ވަނީ 9 ފަހަރު ކާމިޔާބު ކޮށްފައެވެ.

https://wamco.com.mv/
tel:+9607331319