logo

ހުޅުދުއްފާރު އޭޓީއެމް ބެހެއްޓުމަށް ބީއެމްއެލްއާއެކު ސޮއިކޮށްފި

profile

މުހައްމަދު ހަފީޒް - 22 ޖެނުއަރީ 2025 - 07:35

ރ. ހުޅުދުއްފާރު ގައި ، ބީއެމްއެލްގެ އޭޓީއެމް ބެހެއްޓުމަށް އެ ރަށު ކައުންސިލާއެކު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

https://wamco.com.mv/

މި އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ ރައީސް ޑރ މުހައްމަދު މުއިއްޒު މާޅޮސްމަޑުލު އުތުރުބުރީގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

މި އެއްބަސްވުމުގައި ބެންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ އޮފް ރީޓެއިލް އެންޑް އެސްއެމްއީ ބޭންކީން ބަދުރުއްދީން ހަސަންއެވެ. އަދި ހުޅުދުއްފާރު ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އެރަށު ކައުންސިލްގެ ރައީސް މުއްހަމަދު އާތިފްއެެވެ.

މި ބައްދަލުކުރެވުމުގައި ހުޅުދުއްފާރު ގައި އިސްލާމިކް ބޭންކްގެ އޭޓީމްގެ ހިދުމަތް ވެސް ވަނީ ތާއާރަފް ކޮށްފައިއެވެ.

މި އެއްބަސްވުމުގައި އިސްލާމިކް ބޭންކްގެ ފަރާތުން ސޮއިކުރެވީ އެ ބޭންކްގެ މެނޭޖިން ޑިރެކްޓަރ އަދި ކައުންސިލް ފަރާތުން ސޮއިކުރެވީ ހުޅުދުއްފާރު ކައުންސްގެ ރައީސް އެވެ.

މިއަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ދިނުމަކީ ސަރުކާރުގެ އަމާޒެކެވެ.ބީއެމްއެލް އިން މިހާރު ރާއްޖޭގެ 90 ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމްކޮށްފައިވާއިރު، 150 އޭޓީއެމް ބަހައްޓައިގެން ދަނީ ޚިދުމަތް ފޯރުކޮށްދެމުންނެވެ

https://wamco.com.mv/
https://eportal.mwsc.com.mv/e-pay