
އޭއީއެޗުން ކައިރި އަތޮޅުތަކުގަ އައުޓްރީޗް ޕްރޮގްރާމްތައް ހިންގުމަށް މަޝްވަރާކުރަނީ

އާމިނަތު ޝަޒްލާ - 20 ޖޫން 2026 - 13:12
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން އިސްނަގައިގެން، ކައިރި އަތޮޅުތަކުގައި "އައުޓްރީޗް" ޕްރޮގްރާމްތައް ފެށުމަށްޓަކައި ކުރަންޖެހޭ މަޝްވަރާތައް ކުރިއަށްދާކަމަށް އެ ހޮސްޕިޓަލުގެ ސީއީއޯ ޑރ. އަޙްމަދު އަދީލް ނަސީރު ވިދާޅުވެއްޖެއެވެ.
،ފުވައްމުލައް ސިޓީއާއި ތިނަދޫގައި ހުންނަ ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލާ ގުޅިގެން މި ޚިދުމަތްތައް ފޯރުކޮށްދިނުމަށް މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.
މީޑިއާއަށް ދެއްވި އިންޓަރވިއުއެއްގައި ވާހަކަދައްކަވަމުން ޑރ. އަދީލް ވިދާޅުވީ، ރާއްޖޭގެ މައި ހޮސްޕިޓަލްތަކާ ގުޅިގެން މިފަދަ ޕްރޮގްރާމްތައް ހިންގުމަކީ ރައްޔިތުންނަށް ފުރިހަމަ ޞިއްޙީ ޚިދުމަތެއް ފޯރުކޮށްދިނުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މިހާރުވެސް އައްޑޫ ސިޓީގެ ހުޅުދޫ އާއި މީދޫއަށް ޚާއްޞަ ބަލިތަކުގެ ޑޮކްޓަރުންނާއި ރޭޑިއޮލޮޖިސްޓުން ޒިޔާރަތްކޮށް، ގަވާއިދުން ޚިދުމަތް ދެމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް އާއި އޭއީއެޗް ގުޅިގެން މިހާރުވެސް ކުރިއަށްގެންދާ އައުޓްރީޗް ޕްރޮގްރާމްތަކުގެ ސަބަބުން، ރާއްޖޭގެ ޞިއްޙީ ނިޒާމު ހަރުދަނާވެ، ފެންވަރު ރަނގަޅު ފަރުވާ ރައްޔިތުންނާ ގާތުން ލިބުމަށް މަގުފަހިވަމުންދާކަމަށް ސީއީއޯ ވިދާޅުވިއެވެ. ވަކިން ޚާއްޞަކޮށް، އައިޖީއެމްއެޗުން ހިންގާ މިފަދަ ހަރަކާތްތަކުގެ ސަބަބުން އޭއީއެޗްގެ ޚިދުމަތްތަކަށް އިތުރު ކުރިއެރުމެއް ލިބޭކަން އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ކަށީގެ ޚާއްޞަ އޮޕަރޭޝަންތައް، އޭގެ ތެރޭގައި ހުޅު ބަދަލުކުރުން ފަދަ ބޮޑެތި ސާޖަރީތައް އައްޑޫގައި ފެށުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ވަމުންދާކަމަށް ޑރ. އަދީލް ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ، ރަށުން ބޭރަށް ނުގޮސް، އާއިލާގެ ކައިރީގައި ތިބެގެން ފަރުވާ ހޯދުމަކީ ބަލިމީހާގެ ނަފްސާނީ ދުޅަހެޔޮކަމަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.
ޞިއްޙީ ޚިދުމަތް ހޯދުމަށް މާލެއަށް ބަރޯސާވާންޖެހޭ މިންވަރު ކުޑަކުރުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. މި ސިޔާސަތުގެ ދަށުން އަތޮޅުތަކުގެ ރީޖަނަލް ހޮސްޕިޓަލްތަކުގެ ފެންވަރު މަތިކޮށް، ޚިދުމަތްތައް ފުޅާކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރެވެމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

ގިރިފުށީގެ ބިން ހިއްކުމާއި ބަނދަރު އަޕްގްރޭޑްކުރުމުގެ މަސައްކަތް ރަސްމީކޮށް އިފުތިތާހުކޮށްފި
2 ގަޑިއިރު ކުރިން

މިއަހަރުގެ 1 މިލިޔަން ވަނަ ފަތުރުވެރިޔާ ރާއްޖެ އައުމުން ހޫނު މަރުހަބާއެެއް!
4 ގަޑިއިރު ކުރިން

ލަންކާގައި ޑެންގީ ޖެހިގެން ރިޕޯޓްކުރި މީހުންގެ އަދަދު 44,000 އަށްވުރެ މައްޗަށް!
6 ގަޑިއިރު ކުރިން

ރަށްރަށުގައި ބޯހިޔާވަހިކަމުގެ އިތުރު މަޝްރޫޢުތަކެއް
7 ގަޑިއިރު ކުރިން


.gif&w=3840&q=75)