
މިއަހަރުގެ އެއް މިލިޔަން ވަނަ ފަތުރުވެރިޔާ ރާއްޖެ އައުމުން ހޫނު މަރުހަބާއެެއް!

ރިޟްވާން މޫސާ - 20 ޖޫން 2026 - 13:11
މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި 1 މިލިޔަންވަނަ ފަތުރުވެރިޔާއަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހޫނު މަރުޙަބާއެއް ކިޔައިފިއެވެ.
މިއަހަރުގެ 1 މިލިޔަން ވަނަ ފަތުރުވެރިޔާ އަކީ ސްޕެއިންގެ ރައްޔިތެއް ކަމަށްވާ އަލްމުދެންޔާ އަރްޓޯނިއޯ އެސްޕާރްސާއެވެ.
އޭނާ ރާއްޖެއަށް އައިސްފައިވަނީ ޤަޠަރު އެއާވޭސްގެ ފްލައިޓެއްގައެވެ.
1 މިލިޔަން ވަނަ ފަތުރުވެރިޔާއަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާއާއި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން އަދި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްއާ ގުޅިގެން ހޫނު މަރުހަބާއެއް ވަނީ ކިޔާފައެވެ. މިގޮތުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ކުރިއަށް ގެންދިޔަ ޚާއްސަ ރަސްމިއްޔާތުގައި ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީން ވަނީ ބައިވެރިވެ ވަޑައިގެން މަރުޙަބާ ދަންނަވާފައެވެ.
މިއަހަރު ރާއްޖެއަށް 1 މިލިޔަންވަނަ ފަތުރުވެރިޔާ އައިސްފައިމިވަނީ މިދިޔަ އަހަރާ އަޅާ ބަލާއިރު ލަހުންނެވެ. މީގެ މައިގަނޑު ސަބަބަކީ މެދު އިރުމަތީގައި ކުރިއަށްދާ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ވައިގެ ދަތަރުފަތުރަށް އައިސްފައިވާ ލޮޅުމެވެ. އެހެން ނަމަވެސް މިހާލަތުން އަރައިގަނެ ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުތައް އިތުރުކުރުމަށް ސަރުކާރުން ދަނީ ފަތުރުވެރިކަމުގައި މަސައްކަތްކުރާ ފަރާތްތަކާ ގުޅިގެން ގިނަ މަސައްކަތެއް ކުރަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

ގިރިފުށީގެ ބިން ހިއްކުމާއި ބަނދަރު އަޕްގްރޭޑްކުރުމުގެ މަސައްކަތް ރަސްމީކޮށް އިފުތިތާހުކޮށްފި
2 ގަޑިއިރު ކުރިން

އޭއީއެޗުން ކައިރި އަތޮޅުތަކުގަ އައުޓްރީޗް ޕްރޮގްރާމްތައް ހިންގުމަށް މަޝްވަރާކުރަނީ
4 ގަޑިއިރު ކުރިން

ލަންކާގައި ޑެންގީ ޖެހިގެން ރިޕޯޓްކުރި މީހުންގެ އަދަދު 44,000 އަށްވުރެ މައްޗަށް!
6 ގަޑިއިރު ކުރިން

ރަށްރަށުގައި ބޯހިޔާވަހިކަމުގެ އިތުރު މަޝްރޫޢުތަކެއް
7 ގަޑިއިރު ކުރިން


.gif&w=3840&q=75)