logo

ރަށްރަށުގައި ބޯހިޔާވަހިކަމުގެ އިތުރު މަޝްރޫޢުތަކެއް

profile

ރިޟްވާން މޫސާ - 20 ޖޫން 2026 - 10:22

މާލެ ސަރަޙައްދުން ބޭރުން ރަށްރަށުގައި ބޯހިޔާވަހިކަމުގެ އިތުރު ސްކީމްތަކެއް އިފްތިތާޙްކުރުމަށް ތައްޔާރުވަމުންދާކަމަށް ބިނާރާ ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ސަރުކާރުން ރަށްރަށުގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ އެފޯޑަބަލް ހައުސިންގެ މައިގަނޑު ބޭނުމަކީ ރިސޯޓުތަކަށް ވަޒީފާގައި އުޅޭ ފަރާތްތަކަށްވެސް މަސައްކަތްކުރާ ސަރައްޙައްދުގައި ޢައިލާއެއް ބިނާކޮށް ގެދޮރުވެރިކަން ފަސޭހައިން ލިބެން ހުންނާނެކަން ކަށަވަރުކުރުމަށްކަމަށް ސަރުކާރުން ވިދާޅުވެއެވެ.

މިސްކީމްތައް ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި އިފްތިތާޙްކުރުމަށް މަސައްކަތްކުރަމުންދާކަމަށް އެވުޒާރާއިން ވިދާޅުވެއެވެ.

ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާ އިން ވިދާޅުވީ މިއީ ރައީސުލްޖުމްހޫރިއްޔާ ވަޢުދުވެވަޑައިގަންނަވާފައިވާ ފަދައިން މިދައުރުގެ ތެރޭގައި ވަރަށް ގިނަ ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ ފުރުސަތު ފަހިވެގެންދާނެ ބޮޑު މަޝްރޫއުތަކެއް ކަމަށެވެ.

އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ނާޒިމް މުޙައްމަދު ވިދާޅުވީ، މާލެ ސަރަޙައްދުން ބޭރުން ރަށްރަށުގައި ހިންގުމަށް ހަމަޖެހިފައިވާ އިތުރު ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް، ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި އިފްތިތާޙްކުރުމަށް ހަމަޖެހިފައިވާކަމަށެވެ.

ނާޒިމް ވިދާޅުވީ މިމަޝްރޫޢުތައް ހިންގުމަށް ވިސްނަމުންދަނީ 2 މޮޑެލްއަކަށް ކަމަށެވެ. އެގޮތުން އަގުހެޔޮކޮށް ބޯހިޔާވަހިކަމަށް ކުރިމަތިލެވޭނެހެން ތަރައްޤީކުރާ އެފޯޑަބަލް ހައުސިންގއާއި މާލީ އިދާރާތަކުގެ ފައިނޭންސިންއަށް ކުރިމަތިލެވޭނެ ނިޒާމެއް ޤާއިމުކޮށް އަމިއްލަ ގޯތީގައި ގެދޮރުބިނާކުރުމުގެ ސްކީމްތަކެއް މީގެތެރޭގައި ހިމެނޭކަމަށް ވިދާޅުވިއެވެ.

ރަށްރަށުގައި ކުރިން ފަށާފައި ހުރި އެހެންނަމަވެސް ހުއްޓިފައިވާ މަޝްރޫޢުތަކާއި، ސަރުކާރުގެ ބޯހިޔާވަހިކަން އެންމެނަށް ސިޔާސަތުގެ ދަށުން އަމިއްލަ ގޯތީގައި ގެދޮރު ބިނާކުރުމަށް މާލީ ދަތިކަން ކުރިމަތިވެފައިވާ ރައްޔިތުންނަށް އެމަގުފަހިކުރުމަށް އަންނަނީ މަޝްރޫއެއް ހިންގަމުންނެވެ. މިމަޝްރޫޢަށް ހުޅުވާލުމުން 43 ރަށަކުންވަނީ ކުރިމަތިލާފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk