
ތެލެސީމިއާ ދުވަސް ހަނދާންކޮށްދެނީ އިންސާނިއްޔަތުކަމާއި އޯގާތެރިކަމުގެ ސިފަތައް އިސްކުރުން: ރައީސް

މުހައްމަދު މުޝްރިފް - 08 މޭ 2026 - 07:05
ތެލެސީމިއާ ދުވަސް އަޅުގަނޑުމެންނަށް ހަނދާންކޮށްދީ ދަސްކޮށްދެނީ އިންސާނިއްޔަތުކަމާއި އޯގާތެރިކަމުގެ ސިފަތައް އިސްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ވިދާޅުވި ގޮތުގައި، ކޮންމެ ދިވެހި ދަރިއަކަށާއި އާއިލާއަކަށް މުޖުތަމައުގެ އެހީތެރިކަމާއި އެއްބާރުލުން ދިނުމަކީ ބަދަހި ގައުމެއް ބިނާކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. އެގޮތުން ތެލެސީމިއާ ކުދިންނަކީ އަމިއްލަ ދަރިންނާއި އާއިލީ މެންބަރުންގެ ގޮތުގައި ބަލައިގަނެ، އެފަރާތްތަކަށް ބޭނުންވާ ސިއްހީ ފަރުވާ އާއި އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ސަރުކާރުން ނުހަނު އިސްކަންދޭނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
ބައިނަލްއަގުވާމީ ގޮތުން މިއަދު ފާހަގަކުރަމުންދާ ތެލެސީމިއާ ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ތެލެސީމިއާ ތަހައްމަލުކުރަމުންދާ ކޮންމެ ދިވެހި ދަރިއަކީ މުޅި މުޖުތަމައުގެ ދަރިއެއްގެ ގޮތުގައި ބަލައިގަތުމަށް ގޮވާލައްވާފައެވެ.
މި ދުވަހާ ގުޅިގެން ރައީސުލް ޑރ. މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ތެލެސީމިއާ ކުދިންނަށް ބޭނުންވާ ސިއްހީ އަދި އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދިނުމަކީ މި ސަރުކާރުގެ އެންމެ އިސް އެއް މަސްއޫލިއްޔަތު ކަމަށެވެ. އަދި މި ދުވަހަކީ އިންސާނިއްޔަތުކަމާއި އޯގާތެރިކަމުގެ ސިފަތައް އިސްކުރުމަށް މުޅި މުޖުތަމައަށް ހަނދާންކޮށްދޭ ދުވަހެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ތެލެސީމިއާ ކުދިންގެ ހައްގުގައި މި ސަރުކާރުން ހުޅުމާލޭގައި ތެލެސީމިއާ ކުދިންނަށް ހިދުމަތް ދިނުމަށް ހާއްސަ އައު އިމާރާތެއް ބިނާކޮށް، ހިދުމަތް ދޭން ފަށާފައިވާކަން ފާހަގަކުރެވެއެވެ. މީގެ ކުރީގެ ސަރުކާރުތަކުގައި ތެލެސީމިއާ ކުދިންނަށް ބޭނުންވާ ޑެސްފަރޯލް ފަދަ މުހިންމު ބޭސްތައް ހޯދުމުގައި ބޮޑެތި ތަކުލީފުތަކެއް އުފުލަން ޖެހުނު ނަމަވެސް، މި ސަރުކާރުން ވަނީ އެކަންކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.
މީގެ އިތުރުން، ރައީސް ޑރ. މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، ތެލެސީމިއާ ކުދިންނަށް ދައުލަތުން ހާއްސަ އިނާޔަތެއް ދޭން ފަށާފައިވާކަން ފާހަގަކުރެވެއެވެ. މިއީ މީގެ ކުރީގެ އެއްވެސް ސަރުކާރަކުން ކޮށްފައިވާ ކަމެއް ނޫނެވެ.
ހަމައެއާއެކު އެކުދިންނަކީ މުޖުތަމައުގައި ދިރިއުޅޭ އެހެން ކުދިންނެކޭ ތަފާތު ކުރުމެއްނެތި އެކުދިންނަށް ކުރިއަށްދާނެ ފުރުސަތުތައް ފަހިކޮށްދިނުމުގައި މި ސަރުކާރު ދަނީ އަބަދުވެސް ހުއްޓުމެއް ނެތި މަސައްކަތް ކުރަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

ދިވެހި ކަނޑުން ގެއްލުނު ބައި ހޯދަން ބޭރުގެ ވަކީލުންނާ ހަވާލުކުރަނީ
3 ގަޑިއިރު ކުރިން

އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބަށް ރީރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި
3 ގަޑިއިރު ކުރިން

މެރިޓައިމް އާއި ގުޅޭ އެއްބަސްވުމެއްގައި އޮސްޓްރޭލިއާއެކު ސޮއިކޮށްފި
3 ގަޑިއިރު ކުރިން

ރަވާފް މިނާއާއި ޙައްޖު މިޝަނުން ބައްދަލުކޮށްފި
3 ގަޑިއިރު ކުރިން


.gif&w=3840&q=75)