logo

އިސްރާއީލުން ޣައްޒާގައި 40 މީހުން ޝަހީދުކޮށްލައިފި

profile

ޒިދާން މުޙައްމަދު - 28 ސެޕްޓެމްބަރު 2025 - 14:41

އިސްރާއީލުން ޣައްޒާގައި އިތުރު 40 މީހުން ޝަހީދުކޮށްލައިފިއެވެ.

https://wamco.com.mv/

އިސްރާއީލުން އެންމެ ފަހުން ޣައްޒާއަށް ދިން ހަމަލާތަކުގައި 16 އިމާރާރާތެއް ބިމާ ހަމަކޮށްފައިވާއިރު 3 އިމާރާތަކީ އާންމުން ދިރިއުޅޭ ގެތަކެވެ. މި ހަމަލާތަކުގައި 40 މީހުން ޝަހީދުވެ ގިނަ ބަޔަކު ވަނީ ޒަޚަމްވެފައެވެ.

ހަމަލާތަކުގައި ޝަހީދުވި މީހުންގެ އިތުރުން ބަނޑުހައިހޫނުކަމުގެ ސަބަބުން ފަލަސްތީނުގެ އިތުރު ދެ މީހަކު މަރުވެފައިވާ ކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެއެވެ. މިއާއެކު ބަނޑަށްޖެހި މަރުވި މީހުންގެ އަދަދު މިވަނީ 422 އަށް އަރާފައެވެ.

ފަލަސްތީނުގެ ސިވިލް ޑިފެންސުން ބުނީ އެ ސިޓީއަށް ހަމަލާ ދިނުމާ ގުޅިގެން މިދިޔަ ހަތް ދުވަހުގެ ތެރޭގައިވެސް 50 އުސް އިމާރާތެއް ވަނީ ހަލާކުކޮށްލާފައެވެ. މީގެ އިތުރުން ޒައިތޫމު ސަރަހައްދުގެ މީހުން ދިރިއުޅޭ 1500 ގެއެއް ފުނޑާލާ އެތައް ހާސް ބަޔަކު ވަނީ މަގުމަތިކޮށްލާފައެވެ.

އިސްރާއީލުން މަސައްކަތްކުރަމުންދަނީ ޣައްޒާގެ ދެކުނުގެ ސަރަހައްދު ހުސްކޮށް ދިރިތިބިއްޔާ ތިބިހާ ބަޔަކު މަޖުބޫރުން ޣައްޒާގެ މެދުތެރޭގެ ސަރަހައްދުތަކަށް ފައްސާލާށެވެ.

އިސްރާއީލުން ބުނެފައި ވަނީ ޣައްޒާ ސިޓީގެ 40 އިންސައްތަ މިވަގުތު އިސްރާއީލުގެ އިސްތިއުމާރީ ބާރުގެ ދަށުގައި އެބައޮތް ކަމަށެވެ.

މީހުން ދިރިއުޅޭ އިމާރާތްތަކަށާއި ރެފިއުޖީ ކޭމްޕްތަކަށް ދޭ ހަމަލާތައް ވަރުގަދަކޮށްފައިވާއިރު، ޔުނިސެފުން މިހާރުގެ ޣައްޒާގެ ހާލަތު ސިފަކުރަނީ ހީވެސް ނުކުރާ ފަދަ ހާލަތެއްގެ ގޮތުގައެވެ.

އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި ޝަހީދުވާ ފަލަސްތީނުގެ 30 އިންސައްތަ މީހުންނަކީ ކުޑަކުދިން ކަމަށާއި، 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 28 ކުޑަކުދިން ޝަހީދުވަމުންދާކަމަށް ޣައްޒާގެ ޞިއްޙަތާބެހޭ ވުޒާރާއިން ބުނެއެވެ.

2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ހަމަލާތައް ފެށުނު ފަހުން މިހާތަނަށް 66،005 މީހެއްގެ ފުރާނަ ގެއްލި، 168,162 މީހުން ވަނީ ޣައްޒާގެ އެކި ކަންކޮޅުތަކުގައި ޒަހަމްވެފައިވެއެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay