
ރާއްޖޭގެ ހާރިޖީ ވަޒީރު އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރާއި ބައްދަލުކުރައްވައިފި

މުޙައްމަދު ފަޟްލޫން - 25 ސެޕްޓެމްބަރު 2026 - 10:30
ރާއްޖޭގެ ފޮރިން މިނިސްޓަރ އިރުތިޝާމް އާދަމް، އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ޑރ. އެސް. ޖައިޝަންކަރާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން އޮތީ އެމެރިކާގެ ނިއުޔޯކުގައި މިހާރު ކުރިއަށްދާ އދ.ގެ ޢާންމު މަޖިލީހުގެ 81 ވަނަ ސެޝަންގެ ހަވާސާގައެވެ.
ދެބޭފުޅުންގެ ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭގޮތުން ދެ ބޭފުޅުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ.
މި އަހަރުގެ މެއި މަހުގެ ތެރޭގައި ވެސް، ޑރ. ޖައިޝަންކަރުގެ ދަޢުވަތަކަށް މިނިސްޓަރ އިރުތިޝާމް ވަނީ އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައެވެ.
އެ ދަތުރުފުޅަކީ މަގާމާހަވާލުވެވަޑައިގަތުމަށްފަހު، އެކަމަނާ ރާއްޖެއިން ބޭރަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
ކުރިން ދިވެހިރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރުގެ މަގާމު ވެސް ފުރުއްވި އިރުތިޝާމް އާދަމަކީ މި ސަރުކާރުގެ ތިންވަނަ ފޮރިން މިނިސްޓަރެވެ.
ގުޅުން ހުރި ޙަބަރުތައް

މޫސުން ގޯސްވުމުން ފުލުހުންގެ ކުޑަކުދިންގެ ހަވީރު ފަސްކޮށްފި
ގަޑިއިރެއް ކުރިން

ތޫނު އެއްޗަކުން ބިރުދެއްކި މީހަކު ހައްޔަރުކޮށްފި
ގަޑިއިރެއް ކުރިން
.jpg&w=3840&q=75)
ކަނޑުގަދަވެ ވިއްސާރަވާނެތީ ދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް އެމްއެންޑީއެފްގެ އިލްތިމާސް!
ގަޑިއިރެއް ކުރިން
މަޖިލީހުގެ ރައީސް، ޕާކިސްތާނުގެ ޗީފް އޮފް އާމީ ސްޓާފާ ބައްދަލުކުރައްވައިފި
ގަޑިއިރެއް ކުރިން


