މަޖިލީހުގެ ރައީސް، ޕާކިސްތާނުގެ ޗީފް އޮފް އާމީ ސްޓާފާ ބައްދަލުކުރައްވައިފި

މުޙައްމަދު ފަޟްލޫން - 25 ސެޕްޓެމްބަރު 2026 - 10:26
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް ޢަބްދުﷲ، ޕާކިސްތާނުގެ ޗީފް އޮފް އާމީ ސްޓާފް ފީލްޑް މާޝަލް ސައިދު އާސިމް މުނީރާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ، ޕާކިސްތާނުގެ ޤާނޫނު ހަދާ މަޖިލީހުގެ ދަޢުވަތަކަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހުގައި މަޖިލިސް މެންބަރުންގެ ވަފުދެއް އެ ގައުމަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
މި ބައްދަލުކުރެއްވުމުގައި، ސަރަޙައްދީ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުންނާއި، ދެ ޤައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިކުރުމުގެ އިތުރުން، ދެފަރާތުގެ މަސްލަހަތު ހިމެނޭ މުހިއްމު ކަންކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ޕާކިސްތާނުގެ ޗީފް އޮފް އާމީ ސްޓާފް ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮތް އަޚުވަންތަ ގުޅުމަށް އެ ގައުމުން ނުހަނު ބޮޑު އަހައްމިއްޔަތުކަމެއް ދެއްވާކަން ފާހަގަކުރެއްވިއެވެ.
ކުރިމަގުގައިވެސް ދެ ގައުމުގެ ލާބައާއި މަންފާއަށްޓަކައި މި ގުޅުން އިތުރަށް ހަރުދަނާކޮށް ކުރިއެރުވުމަށް މަސައްކަތްކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ގެ ވާހަކަފުޅުގައި، ސަރަޙައްދީ ސުލްޙަ މަސަލަސްކަމާއި ހަމަޖެހުން ގާއިމުކުރުމުގައި ޕާކިސްތާނުން އަދާކުރަމުންދާ ބިނާކުރަނިވި ދައުރު ފާހަގަކުރައްވައި އެކަމަށް ތަޢުރީފުކުރެއްވިއެވެ.
މީގެއިތުރުން، ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރައްވައި، ދެމަސްލަޙަތު އެކުލެވޭ އެކި ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމަށް ރާއްޖެއިން އަބަދުވެސް އެދޭކަން މަޖިލީހުގެ ރައީސް ހާމަކުރެއްވިއެވެ.
ގުޅުން ހުރި ޙަބަރުތައް

ކުޑަ އިންޓްރެސްޓެއްގައި ހައުސިންގ ލޯނުދޫކުރަން ސަރުކާރުން ނިންމައިފި
35 މިނިޓު ކުރިން
.jpg&w=3840&q=75)
ބްރިޖުން ފުންމާލި ބަންގްލަދޭޝް މީހާ ހޮސްޕިޓަލުގައި އޮއްވާ ހައްޔަރުކޮށް ބަންދު ޖަހައިފި
37 މިނިޓު ކުރިން

މޫސުން ގޯސްވުމުން ފުލުހުންގެ ކުޑަކުދިންގެ ހަވީރު ފަސްކޮށްފި
ގަޑިއިރެއް ކުރިން

ރާއްޖޭގެ ހާރިޖީ ވަޒީރު އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރާއި ބައްދަލުކުރައްވައިފި
2 ގަޑިއިރު ކުރިން


