logo

ތޫނު އެއްޗަކުން ބިރުދެއްކި މީހަކު ހައްޔަރުކޮށްފި

profile

މުޙައްމަދު ފަޟްލޫން - 25 ސެޕްޓެމްބަރު 2026 - 10:28

ތޫނު ހަތިޔާރު ބޭނުންކޮށްގެން ބިރުދެއްކި މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

https://wamco.com.mv/

ކްރިމިނަލް ކޯޓުގެ ބަންދު އަމުރުގައިވާ ގޮތުން، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ސ. ހިތަދޫ، ލާސާނީގެ، ޙުސައިން ޙަނީފެވެ. އަދި މި މައްސަލައިގެ ތަޙުޤީޤަށް އޭނާގެ ބަންދަށް ކޯޓުން ވަނީ 5 ދުވަހުގެ މުއްދަތެއް ދީފައެވެ.

އޭނާގެ ބަންދު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި، ޙަނީފާ ދެކޮޅަށް އެކަށީގެންވާ ވަރަށް ހެކި ހުށަހަޅާފައިވެއެވެ. އޭގެ ތެރޭގައި ހާދިސާ ހިނގި ސަރަޙައްދަށް ދިޔަ ފުލުހުންގެ ބަޔާނާއި، ސުޕަމާކެޓް ބައި ސަމަން ފިހާރައިގެ ސީސީޓީވީ ފުޓޭޖް ހިމެނެއެވެ.

ހަނީފަކީ މީގެ ކުރިންވެސް ކުށުގެ ރެކޯޑް އޮންނަ މީހެކެވެ. އެގޮތުން، ހުޅުމާލޭގެ ފްލެޓަކުން ފޯނަކާއި ލެޕްޓޮޕެއްގެ އިތުރުން ފައިސާއާއި އެހެނިހެން ތަކެތި ވަގަށް ނެގި މައްސަލައެއް ސާބިތުވެ، މީގެ 10 އަހަރު ކުރިން އޭނާގެ މައްޗަށް ދެ މަސްދުވަހުގެ ޖަލު ޙުކުމެއްވެސް އިއްވާފައިވެއެވެ.

https://wamco.com.mv/
tel:+9607331319