logo

ރާއްޖެއަށް 2.2 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފި

profile

މުޙައްމަދު ފަޟްލޫން - 28 ޑިސެމްބަރު 2025 - 09:23

އަހަރުގެ މިހާތަނަށް ރާއްޖެއަށް 2.2 މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.

https://wamco.com.mv/

ތިމާވެއްޓާއި ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިހާތަނަށް ރާއްޖެއަށް 2،213،795 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

މިއަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 10 އިންސައްތަ އިތުރު އަދަދެކެވެ.

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ގައުމުތަކުގެ ލިސްޓްގައި ހިމެނެނީ ޗައިނާ އާއި އިނގިރޭސިވިލާތާއި ރަޝިޔާގެ އިތުރުން ޖަރުމަނުވިލާތާއި އިޓަލީވިލާތެވެ.

ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައިވަނީ ޗައިނާއިންނެވެ.

ޗައިނާ އިން ރާއްޖެއަށް 328،503 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

ރާއްޖެއަށް މިއަހަރު ދެމިލިއަން ވަނަ ފަތުރުވެރިޔާ ރާއްޖެ އައިސްފައިވަނީ މިއަހަރުގެ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހުއެވެ، ދެމިލިއަން ވަނަ ފަތުރުވެރިޔަކީ އިނގިރޭސިވިލާތަށް ނިސްބަތްވާ އަންހެނެކެވެ. ދެމިލިއަން ވަނަ ފަތުރުވެރިޔާ އަށް މަރުހަބާ ކިޔުމަށް ވީއައިއޭގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ކުރިއަށް ގެންގޮސްފައެވެ.

ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވުމުގެ އެއް ސަބަބަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވައި، ގިނަ އެއާލައިންތަކަކަށް އެ ޓާމިނަލުން ޚިދުމަތްދޭން ފެށުމެވެ. އަދި، ފަތުރުވެރިކަން ޕްރޮމޯޓް ކުރުމަށް ވިޒިޓް މޯލްޑިވްސްއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay