logo

ގަން އެއާޕޯޓުގައި މެޓް އޮފީހުގެ އިމާރާތެއް އަޅަން ވެމްކޯއާ ހަވާލުކޮށްފި

profile

ޝަހްޒާ މުޙައްމަދު - 23 ޑިސެމްބަރު 2025 - 11:01

އައްޑޫ ސިޓީ ގަން އިންޓަރނޭޝަނަލް އެއާޕޯޓްގައި މޯލްޑިވްސް މޫސުމާބެހޭ ޚިދުމަތް (މެޓްމޯލްޑިވްސް) ގެ އާ އިމާރާތެއް އެޅުމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)އާ ހަވާލުކޮށްފި އެވެ.

https://wamco.com.mv/

އެންވަޔަރަމަންޓް މިނިސްޓްރީއިން ބުނީ މި މަޝްރޫއަކީ އަރލީ ވަރނިން ފްރޭމްވޯކް އިތުރަށް ހަރުދަނާކޮށް، ތަރައްގީކުރުމަށް ކުރިއަށްގެންދާ މަސައްކަތްތަކުގެ މުހިއްމު ބައެއްކަމަށެވެ. މިއީ މޫސުމީ މައުލޫމާތު ދިނުމުގެ ޚިދުމަތްތައް ހަރުދަނާކޮށް، ރައްޔިތުންނަށް ދެވޭ މައުލޫމާތުގެ ފެންވަރު ރަނގަޅު ކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއްކަންވެސް އެ މިނިސްޓްރީއިން ފާހަގަކުރެއެވެ.

މި މަސައްކަތުގެ ސަބަބުން ގަން އިންޓަރނޭޝަނަލް އެއާޕޯޓާއި، އައްޑޫ ސިޓީ އަދި ދެކުނުގެ އަތޮޅުތަކުގެ މޫސުމާބެހޭ މައުލޫމާތު އިތުރަށް ސީދާކޮށް، އަވަސްކަމާއެކު ފޯރުކޮށްދިނުމުގެ ޤާބިލުކަން އިތުރުވެގެންދާނެކަމަށް އެމިނިސްޓްރީއިން ބުންޏެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay