logo

ލޭބަރ ޕާޓީ އަލުން އިއާދަކޮށްފި

profile

މުޙައްމަދު ފަޟްލޫން - 02 ނޮވެމްބަރު 2025 - 06:09

މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އަލުން އިއާދަކޮށްފިއެވެ.

https://wamco.com.mv/

ލޭބަރ ޕާޓީ އިއާދަކޮށްފައިވަނީ އެ ޕާޓީ އުވާލާފައިވަނީ ގާނޫނާއި ހިލާފަށް ކަމަށް ބުނެ ސިވިލް ކޯޓުން ކުރި ހުކުމާއި ގުޅިގެންނެވެ.

ސިޔާސީ ޕާޓީތަކާއި ބެހޭ ގާނޫނުގައި ބަޔާންކުރާ އަދަދަށް މެމްބަރުން ހަމަނުވާތީ ލޭބަރ ޕާޓީ އުވާލީ 2023 ވަނަ އަހަރުގެ ތެރޭގައެވެ.

ލޭބަރ ޕާޓީ އުވާލިއިރު އެޕާޓީގެ ދަފްތަރުގައި 2556 މެމްބަރު ތިއްބެވެ.

އިލެކްޝަންސް ކޮމިޝަނުން ލޭބަރ ޕާޓީ އަލުން އިއާދަކޮށް ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި އެޕާޓީ ހުސްވި އޮކްޓޯބަރ މަހުގެ 30 ވީ ބުރާސްފަތި ދުވަހު ވަނީ ހިމަނާފައެވެ.

ލޭބަރ ޕާޓީ އިލެކްޝަންސް ކޮމިޝަނުން އުވާލީ ގާނޫނާއި ހިލާފަށް ކަމަށް ބުނެ ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ނިމުނީ ހުސްވި މަހުގެ ތެރޭގައެވެ.

ސިވިލް ކޯޓުން ވެސް ނިންމާފައިވަނީ ލޭބަރ ޕާޓީ އުވާލާފައިވަނީ ގާނޫނާއި ހިލާފަށް ކަމަށެވެ.

ސިވިލް ކޯޓުގެ ހުކުމާއެކު އިލެކްޝަންސް ކޮމިޝަންގެ ފަރާތުން މިހާރު ވަނީ ލޭބަރ ޕާޓީ އިއާދަކޮށްފައެވެ.

އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓުން ދައްކާގޮތުން ލޭބަރ ޕާޓީގައި މިވަގުތު ތިބީ 1874 މެމްބަރުންނެވެ.

ލޭބަރ ޕާޓީ އިއާދަކުރުމާއެކު އީސީގެ ދަފްތަރުގައިވާ ސިޔާސީ ޕާޓީތަކުގެ އަދަދުވަނީ 9 އަށް އަރާފައެވެ.

ލޭބަރ ޕާޓީ އަކީ ޤާނޫނީ ވަކީލު ޢަބްދުﷲ ހަސީން އިސްވެ ހުންނަވައި އުފެއްދެވި ސިޔާސީ ޕާޓީއެކެވެ.

ލޭބަރ ޕާޓީ ރަޖިސްޓްރީ ކޮށްފައިވަނީ 2019 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 31 ވަނަ ދުވަހުއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk