logo

ކުރީ ސަރުކާރުން ފްލެޓްތަކުގެ އަގު ކަނޑައެޅީ ޒިންމާދާރުކަމެއް ނެތި: ޑރ މުއްތަލިބު

profile

މުޙައްމަދު ފަޟްލޫން - 15 އޭޕްރީލު 2026 - 05:40

ކުރީ ސަރުކާރުން ފްލެޓްތަކުގެ އަގު ކަނޑައެޅީ ޒިންމާދާރުކަމެއް ނެތި ކަމަށް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރ ޑރ އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ކުރީ ސަރުކާރުން ދޫކޮށްފައިވާ ފްލެޓްތަކުގެ ކުލި ކުޑަކުރަން ނިންމި ސަބަބު އޮޅުން ފިލުވަން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާޙިމް ކުރެއްވި ސުވާލުގެ ޖަވާބުގައި ޑރ މުއްތަލިބު ވިދާޅުވީ 2018 ވަނަ އަހަރު 7000 ފްލެޓްގެ އޭރުގެ ކުއްޔަކީ 5300 ރުފިޔާ ކަމަށެވެ.

ނަމަވެސް ދެން އައި ސަރުކާރުން އެ ފްލެޓްތައް ނިންމައި ފްލެޓްތަކުގެ އަގުގެ ގޮތުގައި 8500 ރުފިޔާ ދައްކަން ޖެހުނު ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބާއި ގުޅިގެން އޭރުގެ ސަރުކާރުން އެއްވެސް އުސޫލެއް ނެތި ފްލެޓްގެ ކުއްޔަކީ 5000 ރުފިޔާ ކަމަށް ބުނުމަކީ ޒިންމާދާރުކަން ކުޑަކޮށް ކުރި ކަމެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ފްލެޓްތަކުގެ ކުލިން ނަގާ ފައިސާ އަނބުރާ ލޯނު ދައްކަން ޖެހޭކަން ފާހަގަކޮށް މިނިސްޓަރ މުއްތަލިބު ވިދާޅުވީ އެހުރިހާ ފައިސާ އަނބުރާ ދައްކަނީ އެސްކްރޯ އެކައުންޓަކަށް ކަމަށެވެ. އެހެންކަމުން މި ސަރުކާރުން ފްލެޓްތަކުގެ ކުލީގެ އަގު ކަނޑައަޅާފައިވަނީ އެހުރިހާ ކަމަކަށް ބަލައި ހިސާބު ހެދިގެން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk