logo

ސަލްޓަން ޕާކާއި ޖުމްހޫރީ މައިދާން ރޯދައިގެ ކުރިން އަލުން ހުޅުވަނީ

profile

ޝަހްޒާ މުޙައްމަދު - 01 ފެބްރުއަރީ 2026 - 06:33

މާލޭގެ މުހިންމު ދެ މައިޒާނެއް ކަމަށްވާ ސަލްޓަން ޕާކާއި ޖުމްހޫރީ މައިދާން މަރާމާތުކޮށް، ކުރިއަށް އޮތް ރޯދަ މަހުގެ ކުރިން އާންމުންނަށް ހުޅުވާލުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން މަސައްކަތްކުރާކަމަށް އެކުންފުނިން ބުނެފިއެވެ.

https://wamco.com.mv/

އާރުޑީސީން ހާމަކޮށްފައިވާ ގޮތުގައި މި ދެ ތަނުގެ މަރާމާތުގެ މަސައްކަތްތައް މިހާރު ވަނީ ވަރަށް ބޮޑަށް ކުރިއަށް ގޮސްފައެވެ. އެގޮތުން މުޅި މަޝްރޫއުގެ ގާތްގަނޑަކަށް 90 އިންސައްތަ މިހާރުވަނީ ނިމިފައެވެ. މިހާރު ކުރިއަށްދަނީ ނިންމަންޖެހޭ އެންމެ ފަހުގެ މަސައްކަތްތަކެވެ.

ސަލްޓަން ޕާކުގެ ތެރޭގައި ހިމެނޭ ވިއު ސްޓްރަކްޗަރ، ޓްރީހައުސް، އަދި ހިނގާ މަގުތަކުގެ އިތުރުން ކުޑަކުދިން ކުޅޭ ސަރަޙައްދުތައް އާބާތުރަފިލުވުމުގެ މަސައްކަތް އާރުޑީސީން ދަނީ ކުރަމުންނެވެ.

ޖުމްހޫރީ މައިދާނުގައި ކުރިއަށްދާ މަސައްކަތްތަކުގެ ތެރޭގައި ބެންޗުތައް އަލުން ހެދުމާއި، ވޯކްވޭތައް މަރާމާތުކުރުން ހިމެނެއެވެ. މީގެ އިތުރުން މައިދާނުގެ ފެހިކަން އިތުރުކުރުމަށްޓަކައި ގަސް އިންދުމުގެ މަސައްކަތްތައްވެސް ދަނީ ކުރިއަށެވެ.

މީގެ އިތުރުން މާލޭގެ ހުޅަނގު ފަރާތުގައި އޮންނަ ރަސްފަންނު ތަރައްޤީކުރުމުގެ މަސައްކަތްވެސް ސަރުކާރުން ދަނީ ކުރަމުންނެވެ. މި މަސައްކަތް އެމްޓީސީސީ އާއި އެމްޑަބްލިޔުއެސްސީއާ ހަވާލުކޮށްގެން ކުރިއަށްދާއިރު، އަމާޒަކީ މާރޗް މަހުގެ ތެރޭގައި އެ މަސައްކަތް އެއްކޮށް ނިންމާލުންކަމަށް ބުނެފައިވެއެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay