logo

މި އަހަރުގެ ޓްރެވަލް ކޮންފަރަންސް އައްޑޫގައި

profile

ޝުރުފާ މުހައްމަދު - 11 ޖެނުއަރީ 2025 - 18:35

މި އަހަރު ބާއްވާ ޓްރެވަލް ކޮންފަރެންސް - ވުމަން އެޑިޝަން އައްޑޫގައި ބާއްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

https://wamco.com.mv/

މި ކޮންފަރަންސް ބޭއްވުމަށް ހަމަޖެހިފައި ވަނީ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހު އައްޑޫގެ އީކުއޭޓަރ ވިލެޖުގަ އެވެ.

މި ކޮންފަރެންސް އަކީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓަރސް، މަޓާޓޯއިން ފަތުރުވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރާ އަންހެނުން ބާރުވެރިކުރުވުމަށް ބާއްވާ ކޮންފަރަންސް އެކެވެ.

މި ކޮންފަރެންސް ގައި ޓުއަރިޒަމް މިނިސްޓްރީ އާއި، މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓްގެ އިތުރަށް އެމްއެމްޕީއާރްސީ އަދި އައްޑޫ ސިޓީ ކައުންސިލާއި، ގެސްޓް ހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބައިވެރިވެއެވެ.

މީގެ އިތުރަށް، ވުމަން އިން މެނޭޖްމަންޓް ފަދަ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ވެސް މި ކޮންފަރެންސްގައި ބައިވެރިވާނެ އެވެ. އެގޮތުން ވިމެން އޮން ބޯޑްސް، ވިމެން އޮންޓްރަޕްރަނާސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އަދި އެސޯސިއޭޝަން އޮފް ލޭޑީ އޮންޓްރަޕްރަނާސް އިން މި ކޮންފަރެންސްގައި ބައިވެރިވެ އެވެ.

މި ކޮންފަރެންސްގައި އަންހެނުންނަށް އަމާޒުކޮށް، ފައިނޭންޝަލް ލިޓްރަސީ ޓްރޭނިންގ ސެޝަނެއް ކުރިއަށް ގެންދާނެ އެވެ. އެ ސެޝަން ނަގައިދޭނީ ބީސީސީން ކަމަށް މަޓާޓޯ އިން ބުނެ އެވެ. ހިލޭ ބައިވެރިވެވޭ މި ސެޝަންގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 20 ވަނަ ދުވަހާ ހަމައަށެވެ.

މިކޮންފަރެންސްގައި، އާމްދަނީ ހޯދުމަށް މަސައްކަތްކުރާ އަންހެނުންނާ މެދު މުޖުތަމައުއިން ދެކޭ ނޭދެވޭ ނަޒަރު ބަދަލުކުރުމާއި، އައްޑޫގައި އަންހެނުންނަށް ހުރި ފުރުސަތު ތަކާ ގުޅޭގޮތުން މައުލޫމާު ބަދަލުކުރެވޭނެއެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާއާ ގުޅުންހުރި މައުލޫމާތުތަކާއި، އެ ދާއިރާގައި އަންހެނުންނަށް ހަރަކާތްތެރިވެވޭނެ ގޮތްތަކާ ގުޅޭގޮތުން ވެސް މައުލޫމާތު ދޭނެއެވެ.

https://etukuri.mv/
https://eportal.mwsc.com.mv/e-pay