logo
'ދިވެހިރާއްޖެ 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަން ސަމިޓް' ރައީސުލްޖުމްހޫރިއްޔާ ހުޅުވައިދެއްވުން / ފޮޓޯ: ރައީސް އޮފީސް

'ދިވެހިރާއްޖެ 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަން ސަމިޓް' ރައީސުލްޖުމްހޫރިއްޔާ ހުޅުވައިދެއްވުން / ފޮޓޯ: ރައީސް އޮފީސް

ސަރުކާރުގެ އިޤްޠިޞާދީ ސިޔާސަތުގެ ދަށުން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ކުންފުންޏެއް އުފައްދައިފި

profile

އައިޝަތު އިބްރާހިމް - 01 ޖޫން 2025 - 07:23

ސަރުކާރުގެ އިޤްޠިޞާދީ ސިޔާސަތުގެ ދަށުން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ކުންފުންޏެއް އުފައްދައިފިކަމުގައި ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ބުނެފިއެވެ.

https://wamco.com.mv/

ރައީސް އޮފީހުން ބުނީ "ގްރޭޓަރ މާލެ ފައިނޭންޝަލް ޑިސްޓްރިކްޓް ލިމިޓެޑް" ގެ ނަމުގައި ކުންފުނީގެ ޤާނޫނުގެ 15 ވަނަ މާއްދާގެ ދަށުން، ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އުފައްދަވާފައިވާ ކަމަށެވެ.

ދިވެހި ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އެކުލެވިގެންވާ، މި ކުންފުނި އުފެއްދުމުގެ މައިގަނޑު މަޤްޞަދަކީ، ދިވެހި ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދިވެހިރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރުމަށާއި، ޑިޖިޓަލް ފައިނޭންޝަލް ސަރވިސަސްއާއި، ޑިޖިޓަލް ރިއަލް އެސްޓޭޓާއި، ފައިނޭންޝަލް ޓޫރިޒަމާއި، ބޭންކިންގގެ ޚިދުމަތްތައް ހިމެނޭގޮތުން، މާލީ ޚިދުމަތްތަކުގެ ސިނާއަތު ދިވެހިރާއްޖޭގައި ކުރިއަރުވައި، ބައިނަލްއަޤްވާމީ މާލީ ޚިދުމަތްތަކުގެ މަރުކަޒަކަށް ދިވެހިރާއްޖެ ހެދުމަށް ޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުމަށާއި، އެ މަސައްކަތްތަކާ ގުޅޭ އެންމެހައި ކަންކަން ތަންފީޒުކުރުން ކަމުގައި ރައީސް އޮފީހުން ބުނެފައިވެއެވެ.

"ގްރޭޓަރ މާލެ ފައިނޭންޝަލް ޑިސްޓްރިކްޓް ލިމިޓެޑް" ކުންފުންޏަށް ހުއްދަކޮށްފައިވާ ރައުސުލްމާލަކީ، -/10 (ދިހައެއް) ރުފިޔާގެ 100,000,000 (ސަތޭކަ މިލިޔަން) ހިއްސާގެ މައްޗަށް ބަހައިލެވިފައިވާ -/1,000,000,000 (އެއް ބިލިޔަން) ރުފިޔާއެވެ. އަދި އެ ކުންފުންޏަކީ އަމިއްލަ ނަމުގައި ދަޢުވާކުރުމާއި، ދަޢުވާ ލިބިގަތުމުގެ ޙައްޤު ލިބިގެންވާ، ވަކި ސިއްކައެއް އޮންނަ، ޤާނޫނީގޮތުން އަމިއްލަ ޝަޚްޞެއް ކަމުގައިވެސް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

ފައިނޭންޝަލް ޑިސްޓްރިކްޓުގެ ނަމުގައި ސަރުކާރުގެ ސައްތައިން ސައްރަ ހިއްސާ އޮންނަ ކުންފުންޏެއް އުފެއްދެވިއިރު، ހުޅުމާލެ އަކީ މި ސަރަޙައްދުގެ ފައިނޭންޝަލް ކެޕިޓަލަށް ހެދުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ.

ގަޠަރުގެ ޝާހީ ޢާއިލާގެ ބޭފުޅެއް ކަމަށްވާ ޝޭހް ނާއިފް ބިން އީދު އަލް ޘާނީގެ އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސް ކުންފުންޏާއި ދިވެހި ސަރުކާރާ ގުޅިގެން މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރު (އެމްއައިއެފްސީ)ގެ ނަމުގައި މާލީ ސެންޓަރެއް އެޅުމަށް އެއްބަސްވުމުގައި ސޮއިކޮށް އެ ތަނުގެ ބިންގާ ވެސް ވަނީ އަޅައިފައެވެ.

https://etukuri.mv/
https://www.aslu.com.mv