ކުޑަކުއްޖަކު ދުއްވަން އިން ޕިކަޕަކުން ނުރައްކާތެރި އެކްސިޑަންޓެއް
ޝުރުފާ މުހައްމަދު - 27 ޖެނުއަރީ 2025 - 18:59
ހދ. ކުޅުދުއްފުށީގައި، ޕިކަޕެއް ފެންސެއްގައި ޖެހި ނުރައްކާތެރި އެކްސިޑަންޓެއް ހިނގައިފިއެވެ.
ސޯޝަލް މީޑިއާގައި އެ މަންޒަރު ފެންނަ ވީޑިއޯ ދަުރުވަމުން އަންނަ އިރު، ފުލުހުން މިރޭ ބުނީ އެކަން ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
ފުލުހުން ބުނީ މިހާތަނަށް ބެލި ބެލުމުން އެ ޕިކަޕު ދުއްވަން އިނީ އުމުރުން 18 އަހަރު ނުފުރޭ ކުޑަ ކުއްޖެއްކަން އެނގިފައިވާ ކަމަށެވެ.
މި މައްސަލާގައި ޕިކަޕު ޓޯކޮށް، އިތުރަށް މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއިން ފެންނަ ގޮތުގައި އެ ޕިކަޕު ފެންސުގައި ޖެހުނީ ކޮންޓްރޯލުން ނުވެގެންނެވެ.
މި ހާދިސާ ހިނގާފައިވަނީ ކުޅުދުއްފުށީ އެއާޕޯޓް ސަރަހައްދުގައިކަން ވެސް އެ ވީޑިއޯއިން އެނގެއެވެ.