
ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް
ކޭއާރުއެޗް އައިސޮލޭޝަން ފެސިލިޓީ އަންނަ އަހަރުގެ ކުރީކޮޅު ނިންމަނީ

އާމިނަތު ޝަޒްލާ - 07 ނޮވެމްބަރު 2026 - 12:04
ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ތަރައްޤީކުރަމުން އަންނަ އައިސޮލޭޝަން ފެސިލިޓީގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅަށް ނިންމުމަށް މަސައްކަތް ކުރަމުން އަންނަކަމަށް އެ ހޮސްޕިޓަލުން ހާމަކޮށްފިއެވެ. މި ފެސިލިޓީ އިމާރާތް ކުރަނީ ޙާލަތަށް ރިޢާޔަތްކޮށް، އެތަން ޕްރައިވެޓް ރޫމްތަކަކަށްވެސް ބަދަލުކުރެވޭ ގޮތަށެވެ.
ރާއްޖޭގެ ސިއްހީ ދާއިރާއިން ދޭ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް ފުޅާކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގެ ތެރެއިން، 14 ކޮޓަރީގެ މި ފެސިލިޓީ ޤާއިމްކުރުމަށް އަލްޓެކް މޯލްޑިވްސްއާ ހަވާލުކުރީ މިއަހަރުގެ ފެބްރުވަރީ މަހުގެ 14 ވަނަ ދުވަހުއެވެ. އަދި މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ މިއަހަރުގެ މާރިޗު މަހުގެ 29 ގައެވެ.
މި މަސައްކަތް ކުރިއަށްދާ ގޮތާ ގުޅޭގޮތުން މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ޑެޕިއުޓީ ސީއީއޯ އަޙްމަދު ފާއިޒް ވިދާޅުވީ، ފެސިލިޓީގެ މަސައްކަތް މިހާރު ދަނީ ބާރު ދުވެލީގައި ކުރިއަށެވެ. އެގޮތުން އަންނަ އަހަރުގެ މާރިޗު މަހުގެ ނިޔަލަށް މަސައްކަތް އެއްކޮށް ނިންމުމަށް އަމާޒު ހިފާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ފާއިޒް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މިވަގުތު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ބެޑް ކެޕޭސިޓީއަކީ 76 އެވެ. ނަމަވެސް، އަލަށް ތަރައްޤީކުރެވޭ މި އައިސޮލޭޝަން ފެސިލިޓީ ނިމުމުން ހޮސްޕިޓަލުގެ ޖާގައިގެ ދަތިކަމަށް ބޮޑު ލުޔެއް ލިބި، އެނދުގެ އަދަދު އިތުރުވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ކުޅުދުއްފުށީގައި ތަރައްޤީކުރާ މި ފެސިލިޓީއަކީ އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކް (އޭއައިއައިބީ) އިން ފައިނޭންސްކޮށްގެން ސިއްހީ ވުޒާރާއިން ކުރިއަށްގެންދާ "މޯލްޑިވްސް ކޯވިޑް-19 އިމަރޖެންސީ ރެސްޕޯންސް އެންޑް ސިސްޓަމް ޕްރިޕެއާރޑްނެސް" ޕްރޮޖެކްޓުގެ ދަށުން ބިނާކުރާ ތަނެކެވެ.
މި އިމާރާތުގައި ޕްރައިވެޓް ރޫމްތަކުގެ އިތުރުން، އެކި ބޭނުންތަކަށް ބަދަލުކޮށްލެވޭ (ކޮންވަރޓިބަލް) ކަރަންޓީނު ފެސިލިޓީއަކާއި 800 މީހުންގެ ޖާގައިގެ ބޮޑު އޮޑިޓޯރިއަމެއްވެސް ހިމެނޭނެއެވެ. މި މަޝްރޫޢަކީ އުތުރުގެ ސިއްހީ ނިޒާމު އިތުރަށް ހަރުދަނާކޮށް، ކުއްލި ނުރައްކަލުގެ ޙާލަތްތަކަށް ހޮސްޕިޓަލް ތައްޔާރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
ގުޅުން ހުރި ޙަބަރުތައް

މާފަންނު ގެއަކުން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ބަންދަށް 30 ދުވަސް އިތުރު!
37 މިނިޓު ކުރިން

ވޭތުވެދިޔަ ހަފުތާގައި ކޯސްޓްގާޑުން ސިއްހީ އަވަސް ފަރުވާ ބޭނުންވި 88 ބަލިމީހަކު އުފުލައިދީފި
3 ގަޑިއިރު ކުރިން
.jpg&w=3840&q=75)
ވިއްސާރަވެ ވައިގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފި
3 ގަޑިއިރު ކުރިން

މަސްވެރިކަމާއި ނޫ އިގްތިސާދުގެ ދާއިރާއިން ރާއްޖެއާ ހައިނާން ޔުނިވަރސިޓީއާ ދެމެދު މުހިންމު މަޝްވަރާތަކެއް!
4 ގަޑިއިރު ކުރިން


