
އެމްއެމްއޭގެ މަޖައްލާއަށް ލިއުމުގެ ފުރުސަތު ހުޅުވާލައިފި

އައިޝަތު އިބްރާހިމް - 05 އޮކްޓޯބަރު 2025 - 14:53
ދިވެހިރާއްޖޭގެ އިގްތިސަދާއި މާލީ ދާއިރާއަށް ހާއްސަކޮށްގެން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ(އެމްއެމްއޭ) އިން ނެރުމަށް ތައްޔާރުވަމުންދާ "އެމްއެމްއޭ އިކޮނޮމިކް އެންޑް ފައިނޭންސް މެގަޒިން" މަޒްމޫނު ލިޔުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މިކަން ހާމަކޮށް އެމްއެމްއޭން ބުނެފައިވަނީ، އެމްއެމްއޭގެ މަޖައްލާއަކީ ސިޔާސަތު އެކުލަވާލާ ފަރާތްތަކާއި، އެކަޑެމިކުންނާއި، އިޤްތިސާދީ އަދި މާލީ މާހިރުންނަށް އެމީހުންގެ ޚިޔާލުތަކާއި އައު ވިސްނުންތައް ހިއްސާކޮށް، އާންމުންގެ ހޭލުންތެރިކަން އިތުރުކޮށް މަޝްވަރާކުރުމުގެ ވަސީލަތެއް ފޯރުކޮށްދޭނެ މަންސައެއް ކަމަށެވެ.
މަޖައްލާގެ ފުރަތަމަ އަދަދުގެ ތީމްއަކީ "ޑިޖިޓަލް ލައިފްލައިންސް: ފިންޓެކް ފޯ އައިލެންޑް އިކޮނޮމީސް" އެވެ. މި ތީމްގެ ދަށުން މަޖައްލާގައި ހިމެނުމަށް ހަމަޖެހިފައި ވަނީ ދިވެހިރާއްޖެ އާއި ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކުގެ އިގްތިސާދު ވަރުގަދަކުރުމަށް ފައިނޭންޝަލް ޓެކްނޮލޮޖީ އަދި އިނޮވޭޝަންތަކުގެ އެހީގައި ލިބިފައިވާ އަދި ލިބޭނެކަމަށް ބެލެވޭ ކުރިއެރުންތަކާއި ގުޅޭ މަޒްމޫނުކަމަށްވެސް ބުނެފައިވެއެވެ.
އެމްއެމްއޭގެ މަޖައްލާއަށް މަޒްމޫނު ހުށަހެޅުމަށް ދިރާސާކުރާ ފަރާތްތަކާއި އިގްތިސާދީ މާހިރުން އަދި އިގްތިސާދީ ލިޔުންތައް އުފެއްދުމަށް ޝައުޤުވެރިކަން ހުންނަ ހުރިހާ ފަރާތްތަކަށް ވަނީ ހުޅުވާލާފައެވެ.
މަޒްމޫނު ހުށަހެޅުމުގެ ސުންގަޑިއަކީ 15 އޮކްޓޯބަރު 2025 އެވެ.
މަޖައްލާ ލިޔުމަށް 2 ކެޓަގަރީއެއް ވަނީ ހިމަނާފައެވެ. އެއީ ސީނިއާރ އަދި ޖޫނިއަރ ކެޓަގަރީއެވެ. ސީނިއަރ ކެޓަގަރީއަކީ ގްރޭޑް 11 އަދި 12 އެވެ. ޖޫނިއަރ ކެޓެގަރީއަކީ ގްރޭޑް 8 އިން 10 އަށެވެ.
ހުށަހަޅާ ލިޔުންތަކުގައި ޑިޖިޓަލް ޕޭމަންޓްތަކުގެ ކުރިއެރުން، މާލީ ހިދުމަތްތަކުގައި އާޓިފިޝަލް އިންޓެލިޖެންސްގެ ދައުރު، މާލީ ދާއިރާ ހަރުދަނާކުރުމަށް ޑިޖިޓަލް ހައްލުތައް، މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމަށާއި ނޫ އިގްތިސާދަށް ފިންޓެކްގެ ބޭނުންހިފުން، އަދި ސްމާޓް އައިލެންޑް އިކޯސިސްޓަމްތައް ބިނާކުރުން ފަދަ ތަފާތު ގިނަ މައުލޫޢުތަކެއް ހިމެނިދާނެ ކަމަށް އެމްއެމްއޭއިން ވަނީ ބުނެފައެވެ.
މަޖައްލާގައި އޮޕީނިއަން އާޓިކަލް، ދިރާސާ ހޯދުންތައް، ކޭސް ސްޓަޑީތައް، އިންޓަވިއުތައް އަދި ފޮތް ރިވިއުތައް ފަދަ އެކި ބާވަތުގެ ލިޔުންތައް ޝާއިއުކުރެވޭނެއެވެ. މަޖައްލާއަށް ހުށަހަޅާ އާޓިކަލްތައް ހުންނަންވާނީ އިނގިރޭސި ބަހުންނެވެ. އަދި އާޓިކަލްތައް ހުށަހަޅަންވާނީ 500 އާއި 2,000 ބަހުގެ ދެމެދުގެ ދިގުމިނުގައި މައިކްރޯސޮފްޓް ވާޑް ފޯމެޓުގައެވެ.
މުބާރާތުން ހޮވޭ މަޒުމޫނުތައް ޝާއިއުކުރުމުގެ އިތުރުން އެ މަޒުމޫނުތައް ލިޔުނު ފަރާތްކަށް ފައިސާގެ އަދަދެއް ވެސް ލިބޭނެއެވެ. ހޮވޭ މަޒުމޫނުތަކުގެ ލިޔުންތެރިންނަށް 26 އޮކްޓޯބަރު 2025 ގެ ކުރިން އެކަން އަންގާނެ ކަމަށް އެމްއެމްއޭ އިން ވަނީ ބުނެފައިވެއެވެ.
އެމްއެމްއޭ އިކޮނޮމިކް އެންޑް ފައިނޭންސް މެގަޒިން އަށް އާޓިކަލް ފޮނުވާނީ އަށެވެ.
ގުޅުން ހުރި ޙަބަރުތައް

ސަރުކާރުން އީރާނާއެކު ސިޔާސީ ގުޅުން ޤާއިމު ކުރުމަށް ނިންމައިފި
3 އަހަރު ކުރިން

ރާއްޖެ މިދަނީ އިޤްތިޞާދީ ބޮޑު ކާރިސާއަކާ ދިމާލަށް - އަމްރު
2 އަހަރު ކުރިން

އަންނަ އާދިއްތަ ދުވަސް ސަރުކާރު ބަންދު!
2 އަހަރު ކުރިން

ރާއްޖެއަށް ގެންނަ އިގްތިސާދީ އިސްލާހި އެޖެންޑާއަށް އިތުބާރު އެބައޮތް: އައިއެމްއެފް
2 އަހަރު ކުރިން