
އަހަރީފީއާއި ޖޫރިމަނާ ހުއްޓަސް، ރަޖިސްޓްރީ ބާތިލު ކުރެވޭގޮތް ހަދަނީ

ޝަހްޒާ މުޙައްމަދު - 23 ޑިސެމްބަރު 2025 - 08:18
އަންނަ ޖެނުއަރީއިން ފެށިގެން އަހަރީ ފީތަކާއި ޖޫރިމަނާ ހުއްޓަސް އުޅަނދުގެ ރަޖިސްޓްރީ ބާތިލް ކުރެވޭގޮތް ހަދައިފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީއިން ވަނީ ދެ ފުރޮޅަށްވުރެ ގިނަ ފުރޮޅުލީ އުޅަނދުގެ ރަޖިސްޓްރޭޝަން މަރުހަލާގައި ބޭނުންވާ ގަރާޖު ހުއްދައާ ގުޅޭގޮތުންނާއި ބައުވެ ހަލާކުވެ ނުވަތަ ނައްތާލަން ބޭނުންވާ އެއްގަމު އުޅަނދުގެ ރަޖިސްޓަރީ ބާތިލް ކުރުމާ ގުޅޭގޮތުން އަންނަ އަހަރުން ފެށިގެން އަމަލުކުރާނެ ގޮތްތައް އިއުލާންކޮށްފައެވެ.
އިއުލަނުގައިވާގޮތުން އަންނަ އަހަރުގެ ޖެނުއަރީ 1 އިން ފެށިގެން، އުޅަނދުގެ އަހަރީ ފީ އާއި ޖޫރިމަނާ ނުދައްކާ ހުއްޓަސް އުޅަނދުގެ ރަޖިސްޓްރީ ބާތިލްކުރެވޭނެއެވެ. ރަޖިސްޓްރީ ބާތިލްކުރި ނަމަވެސް، އެ ވަގުތާ ހަމައަށް އަރާފައިވާ ފީ އާއި ޖޫރިމަނާ އަކީ އުޅަނދުގެ ވެރިފަރާތުން ދައުލަތަށް ދައްކަންޖެހޭ ދަރަންޏެއްގެ ގޮތުގައި އޮންނާނެއެވެ.
އަދި 2009 ގެ ކުރިން ރަޖިސްޓްރީކޮށްފައިވާ އުޅަނދުތަކާއި ގަރާޖެއް ނެތި ރަޖިސްޓްރީކޮށްފައިވާ އުޅަނދުތައް، އެހެން މީހެއްގެ ނަމަށް ބަދަލުކުރާއިރު އިތުރު ގަރާޖު ލިޔުމެއް ބޭނުމެއް ނުވާނެއެވެ.
މީގެ އިތުރުން އުޅަނދު ރަޖިސްޓްރީ ކުރުމުގައި މާލެ ސިޓީ ކައުންސިލް ނުވަތަ އެޗްޑީސީން ދޫކުރާ ގަރާޖު ހުއްދަ ހުށަހަޅާކަށް ނުޖެހޭނެއެވެ. ރަޖިސްޓްރީ ކުރުމަށް ދެން ބޭނުންވާނީ އެ ތަނަކީ ގަރާޖެއްގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ތަނެއްކަން އަންގައިދޭ ލިޔުމާއި ގަރާޖު ވެރިފަރާތުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުމެވެ.
ގުޅުން ހުރި ޙަބަރުތައް

6 މަސް ދުވަހުގެ މުއްދަތެއް ނެތްނަމަ، ވީހާވެސް އަވަހަށް ޕާސްޕޯޓު އައު ކުރުމަށް އެދިއްޖެ
ގަޑިއިރެއް ކުރިން

ޓެކްސީގެ ޚިދުމަތް ހަރުދަނާކުރުމަށް ކުރެވިދާނެ ކަންކަމާމެދު މަޝްވަރާކޮށްފި
ގަޑިއިރެއް ކުރިން

އަހަރުގެ މިހާތަނަށް މަގުމަތީގެ އެކްސިޑެންޓްތަކުގެ 2327 މައްސަލަ ނިންމައިފި
ގަޑިއިރެއް ކުރިން

އެމްޑީޕީގެ ޕްރައިމަރީ އަންނަ ޖަނަވަރީގައި ބާއްވަން ނިންމައިފި
ގަޑިއިރެއް ކުރިން


