.webp&w=3840&q=75)
ސަރުކާރުގެ އަމާޒަކީ ދުންފަތުން ރައްކާތެރި މުޖުތަމައެއް ބިނާކުރުން: ގީލާ

މުޙައްމަދު ފަޟްލޫން - 20 އޯގަސްޓު 2026 - 10:26
ސަރުކާރުގެ މައިގަނޑު އަމާޒަކީ ދުންފަތުގެ އިސްތިއުމާލުކުރުމުން މިންޖުވެފައިވާ، ރައްކާތެރި މުޖުތަމަޢެއް ބިނާކުރުން ކަމަށް، އިޖުތިމާޢީ އަދި އާއިލީ ތަރައްގީއާ ބެހޭ ވަޒީރު ގީލާ އަލީ ވިދާޅުވެއްޖެއެވެ.
ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ދެން ހުއްޓާލަމާ ކެމްޕޭނާ ގުޅޭގޮތުން، ކަމާގުޅުންހުރި އިދާރާތަކާއެކު ބޭއްވި މަޝްވަރާ ބައްދަލުވުން ފަށްޓަވައިދެއްވަމުން ވަޒީރު ވިދާޅުވީ، ދުންފަތުގެ ނުރައްކާތެރި ވަބާއިން މުޖުތަމަޢު ސަލާމަތްކުރުމަށްޓަކައި، މީގެ ކުރީގެ އެއްވެސް ސަރުކާރަކުން ނުދޭ މިންވަރަށް މި ސަރުކާރުން އިސްކަންދެމުން އަންނަ ކަމަށެވެ.
ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ދުންފަތް ކޮންޓްރޯލްކުރުމަށް ގައުމީ ފެންވަރުގައި ހަރުދަނާ ފިޔަވަޅުތަކެއް އަޅައި، ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލަން ބޭނުންވާ ފަރާތްތަކަށް އެހީތެރިވެދިނުމުގެ ގޮތުން ދެވޭ ސިޒޭޝަން ހިދުމަތް ރާއްޖޭގެ ހުރިހާ ރަށަކުން ލިބޭނެ އިންތިޒާމު ސަރުކާރުން ވަނީ ހަމަޖައްސަވާފައެވެ.
ދުންފަތުން ރައްކާތެރިވެފައިވާ މުޖުތަމައެއް ގާއިމުކުރުމުގެ އަޒުމުގައި، މިހާތަނަށްވެސް މުހިންމު އެތައް ނިންމުންތަކެއް ނިންމަވައި، އެކަންކަން އަމަލީގޮތުން ތަންފީޒުކުރައްވަމުން ގެންދަވާކަން ވަޒީރު ވިދާޅުވިއެވެ.
ދުންފަތުގެ ވަބާއިން މިންޖުވެފައިވާ ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަކީ މި ސަރުކާރުގެ މުހިންމު ސިޔާސަތެއްކަން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުވެސް މީގެކުރިން ވަނީ ވިދާޅުވެފައެވެ.
ގުޅުން ހުރި ޙަބަރުތައް
.jpeg&w=3840&q=75)
ދިގުރަށު އެމްއެންޔޫ ރީސާޗް ފެސިލިޓީއާއި ސްކޫލް އިމާރާތުގެ ސާމާނު އެރަށަށް ގެންގޮސްފި
37 މިނިޓު ކުރިން
.webp&w=3840&q=75)
ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ހުއްޓުމެއްނެތި ކުރިއަށް: އެމްއެންޑީއެފް
39 މިނިޓު ކުރިން

ގޮންޖެހުންތައް ހައްލުކުރެވޭނީ މި ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތައް ބާރުވެރިކުރުވައިގެން: ޝިޔާމް
40 މިނިޓު ކުރިން

ކަސްޓަމްސްގެ ދައުރު އާމްދަނީ އާއި ބޯޑަރު ބެލެހެއްޓުމަށްވުރެ، މަސްއޫލިއްޔަތުތައް މާ ފުޅާ: އިޙްސާން
41 މިނިޓު ކުރިން


