logo

ބީއެމްއެލް އެކެޑަމީ އިން އިންސެފް ޔުނިވަރސިޓީ އާއި އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

profile

މުޙައްމަދު ފަޟްލޫން - 20 ޖުލައި 2026 - 11:41

ބީއެމްއެލް އެކެޑަމީން މުވައްޒަފުންގެ ފަންނީ ގާބިލުކަން އިތުރުކުރުމަށްޓަކައި، އިންސެފް ޔުނިވަރސިޓީއާއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

https://wamco.com.mv/

މި ސްޓްރެޓީޖިކް ޕާޓްނަރޝިޕްގެ ދަށުން ބޭންކް އޮފް މޯލްޑިވްސްގެ މުވައްޒަފުންނަށް ބައިނަލްއަގުވާމީ ފެންވަރުގެ ތަމްރީނުތަކާއި ތައުލީމީ ފުރުސަތުތައް ފަހިވެގެންދާނެއެވެ.

ބީއެމްއެލްއިން ހާމަކުރި ގޮތުގައި، މި އެއްބަސްވުމުގެ ދަށުން އިސްލާމިކް ފައިނޭންސްގެ ދާއިރާއިން އިންސެފް ޔުނިވަރސިޓީން ހިންގާ ބައިނަލްއަގުވާމީ ޕްރޮގްރާމްތަކާއި، އެގްޒެކެޓިވް އެޑިއުކޭޝަން އަދި ޕްރޮފެޝަނަލް ސެޓިފިކޭޝަން ފަދަ ޚާއްސަ ތަމްރީނުތައް މުވައްޒަފުންނަށް ލިބޭނެއެވެ.

މީގެ އިތުރުން، މާލީ ދާއިރާގެ އައު ހޯދުންތަކާއި މައުލޫމާތު ހިއްސާކުރުމާއި، ލީޑަރޝިޕް ތަރައްގީކުރުމުގެ އިތުރުން ސިނާއީ ގުޅުންތައް ބަދަހިކުރުމުގެ ފުރުސަތުތައް ވެސް މި ޕާޓްނަރޝިޕްގެ ތެރެއިން ފަހިވެގެންދާނެއެވެ.

ބީއެމްއެލް އެކެޑަމީގެ މައިގަނޑު މަގުސަދަކީ ދުނިޔޭގެ ފެންވަރުގައި ބަލައިގަންނަ ތައުލީމާއި ތަމްރީނު މެދުވެރިކޮށް، ރާއްޖޭގެ ބޭންކިންގ ދާއިރާއަށް ބޭނުންވާ ފަންނީ މީހުން ބިނާކުރުމެވެ. މި މަގުސަދު ހާސިލުކުރުމަށްޓަކައި މީގެ ކުރިންވެސް އެ އެކެޑަމީން ވަނީ އޭޝިއަން އިންސްޓިޓިއުޓް އޮފް ޗާޓަރޑް ބޭންކާސް އާއި ސިންގަޕޯ މެނޭޖްމަންޓް ޔުނިވަރސިޓީ ފަދަ މަޝްހޫރު މުއައްސަސާތަކާއެކު ގުޅުން ގާއިމުކޮށްފައެވެ.

މިއީ ރާއްޖޭގެ މާލީ ދާއިރާ ހަރުދަނާކޮށް، ބޭންކިންގ ހިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް ބީއެމްއެލްއިން ކުރަމުންދާ މުހިންމު މަސައްކަތެކެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk