
ޙައްޖުގެ މަތިވެރި އަޅުކަމަށް ތައްޔާރުވުމުގައި އިޚްލާޞްތެރިކަން ވަރަށް މުހިއްމު: ހުތުބާ

މުހައްމަދު މުޝްރިފް - 08 މޭ 2026 - 08:07
ޙައްޖުގެ މަތިވެރި އަޅުކަމަށް ތައްޔާރުވުމާއި، އެ އަޅުކަމުގައި އިޚްލާޞްތެރިކަން އިސްކުރުމުގެ މުހިންމުކަމުގެ މައްޗަށް މިއަދުގެ ހުކުރު ޚުޠުބާގައި އަލިއަޅުވާލައިފިއެވެ.
ޚުޠުބާގައި ބަޔާންކޮށްފައިވާ ގޮތުގައި، ޙައްޖަކީ ކުޅަދާނަވެގެންވާ ކޮންމެ މުސްލިމެއްގެ މައްޗަށް ޢުމުރުން އެއްފަހަރު އަދާކުރުން ވާޖިބުވެގެންވާ އިސްލާމްދީނުގެ ފަސްވަނަ ރުކުނެވެ.
މިއަދުގެ ޚުޠުބާގައި ވަނީ ޙައްޖުގެ އަޅުކަން އަދާކުރުމަށް އަވަސްވެގަތުމަށް ބާރުއަޅާފައެވެ. އެގޮތުން، އިންސާނާއަށް ކުރިމަތިވާނެ ކަންތައްތަކެއް ނޭނގޭތީ، ކުޅަދާނަކަން ލިބިފައިވާ މީހާ ޙައްޖުގެ ފަރުޟު އަދާކުރުމުގައި ފަސްނުޖެހުމަށް ކީރިތި ރަސޫލާ ﷺ ގެ ޙަދީޘްފުޅެއްގެ އަލީގައި ނަޞޭޙަތްތެރިވެފައިވެއެވެ. އަދި ޙައްޖުގެ އަޅުކަމަކީ އެކަމުގެ ސަބަބުން ފާފަތައް ފުހެވި، އެ އަޅުކަން ފުރިހަމައަށް އަދާކޮށްފި މީހަކަށް ސުވަރުގެ ލިބިގެންދާނެ މަތިވެރި އަޅުކަމެއްކަން ޚުޠުބާގައި ފާހަގަކުރިއެވެ.
މީގެ އިތުރުން، ކޮންމެ އަޅުކަމެއްގައި ވެސް އިޚްލާޞްތެރިކަން ބެހެއްޓުމަކީ އެ އަޅުކަމެއް ޤަބޫލުކުރެއްވުމުގެ މައިގަނޑު ޝަރުޠުކަން ޚުޠުބާގައި ހަނދާންކޮށްދިނެވެ. ޚާއްޞަކޮށް ޙައްޖަށްދާ މީހާ ބޭނުންކުރާ ފައިސާއަކީ ޙަލާލު ގޮތުގައި ހޯދާފައިވާ ތަކެތި ކަމުގައި ވާންޖެހޭނެ ކަމަށާއި، ޙަރާމް ތަކެއްޗާއި ކަންތައްތަކުން ދުރުހެލިވުމަށް ވަނީ ގޮވާލާފައެވެ. އެއީ ﷲ ސުބްޙާނަހޫ ވަތަޢާލާއީ ޠާހިރުވެވޮޑިގެންވާ އިލާހެއް ކަމަށްވުމުން، ޠާހިރު ތަކެއްޗާއި ޢަމަލުތައް މެނުވީ އެކަލާނގެ ބައްލަވާވޮޑިނުގަންނަވާނެތީއެވެ.
ޚުޠުބާގެ ދެވަނަ ބައިގައި، ޙައްޖުގެ މޫސުމާ ގުޅޭ މުހިންމު މަސްތަކަކީ ޝައްވާލު، ޛުލްޤަޢިދާ އަދި ޛުލްޙިއްޖާ މަސްކަން ބަޔާންކޮށް، ޢަރަފާތް ދުވަހަކީ ޙައްޖުގެ އެންމެ ބޮޑު ރުކުންކަން ހަނދާންކޮށްދީފައިވެއެވެ.
ޚުޠުބާ ނިންމާލަމުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ނިކަމެތިކޮށްފައިވާ މުސްލިމުންނަށް، ޚާއްޞަކޮށް ފަލަސްޠީނުގެ އަޚުންނާއި އުޚުތުންނަށް ނަޞްރާއި ކާމިޔާބު ދެއްވުން އެދި ދުޢާކޮށްފައިވެއެވެ.
ގުޅުން ހުރި ޙަބަރުތައް

ދިވެހި ކަނޑުން ގެއްލުނު ބައި ހޯދަން ބޭރުގެ ވަކީލުންނާ ހަވާލުކުރަނީ
3 ގަޑިއިރު ކުރިން

އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބަށް ރީރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި
3 ގަޑިއިރު ކުރިން

މެރިޓައިމް އާއި ގުޅޭ އެއްބަސްވުމެއްގައި އޮސްޓްރޭލިއާއެކު ސޮއިކޮށްފި
3 ގަޑިއިރު ކުރިން

ރަވާފް މިނާއާއި ޙައްޖު މިޝަނުން ބައްދަލުކޮށްފި
3 ގަޑިއިރު ކުރިން


.gif&w=3840&q=75)