logo

ސުނާމީބިނާ ސަރަހައްދުގައި ހުރި އުޅަނދުތައް ނެގުމަށް އަންގައިފި

profile

މުޙައްމަދު ފަޟްލޫން - 09 ފެބްރުއަރީ 2026 - 12:32

ސުނާމީ ބިނާ މައިޒާން ތަރައްގީކުރާތީ އެތަނުގައި ޕާކްކޮށްފައިވާ އުޅަނދުތައް ނެގުމަށް ފުލުހުން އަންގައިފިއެވެ.

https://wamco.com.mv/

ސުނާމީ ބިނާ މައިޒާން ތަރައްގީ ކުރަން ހަމަޖެހިފައިވާތީ އެ ސަރަހައްދުގައި ޕާކްކޮށްފައިވާ އުޅަނދުތައް ނެގުމާއި ބެހޭ ގޮތުން މީސްމީޑިއާގައި ކުރި ޕޯސްޓެއްގައި ފުލުހުންވަނީ މާލެ ސްކޭޕިން މަޝްރޫއުގެ ތެރެއިން ސުނާމީ ބިނާ މައިޒާން ތަރައްގީކުރުމުގެ މަސައްކަތަށް އެ ސަރަހައްދުގައި ޕާކުކޮށްފައިވާ އުޅަނދުތައް ނެގުމަށް އަންގާފައެވެ.

ފުލުހުން ހިއްސާކޮށްފައިވާ ޗާޓުގައި ފާހަގަކޮށްފައިވާ ސަރަހައްދުގައި ހުރި އުޅަނދުތައް މިއަދުގެ 18:00 ގެ ކުރިން އެ ސަރަހައްދުން ނަގައި ހުސް ކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

މާލޭގައި ހިއްފަސޭހަކޮށްލުމަށް ރައްޔިތުން ބޭނުން ކުރާ ތަންތަން މަރާމާތުކޮށް، އާބާތުރަ ފިލުމުގެ މަސައްކަތް މި ސަރުކާރުން ދަނީ ކުރަމުންނެއެވެ. އެގޮތުން މަރާމާތުގެ މަސައްކަތްތަކަށް ސަލްޓަން ޕާކު އަދި ޖުމްހޫރީ މައިދާންވެސް ވަނީ ބަންދުކޮށްފައެވެ.

މީހުން އެންމެ ގިނައިން ގޮސްއުޅޭ ރަސްފަންނުގެވެސް މަރަމާތުގެ މަސައްކަތް ތައް ވެސް މާލެ ސިޓީ ކައުންސިލާއި ކަމާއި ގުޅުން ހުރި އިދާރާތައް ގުޅިގެން ދަނީ ކުރަމުންނެއެވެ.

މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރަން ޗައިނާ ކުންފުންޏަކާއި އެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ އިރު އެކަމުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް ހައުސިންގ މިނިސްޓްރީގެ ފަރާތުން މީގެ ކުރިން ވަނީ ބުނެފައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay