logo

ސަމޯއާގެ މިނިވަން ދުވަހުގެ ތަޙްނިޔާ ރައީސް ފޮނުއްވައިފި

profile

އައިޝަތު އިބްރާހިމް - 01 ޖޫން 2025 - 07:02

ސަމޯއާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ވެރިޔާ ޓޫއިމަލެއަލީފަނޯ ވައަލެޓޯއާ ސުއަލައުވީ ދެވަނައަށާއި، ބޮޑުވަޒީރު ފިއާމޭ ނައޯމީ މަޓާއާފާއާއި، ސަމޯއާގެ ރައްޔިތުންނަށް ތަޙްނިޔާއާއި ހެޔޮއެދުންތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ފޮނުއްވައިފިއެވެ

https://wamco.com.mv/

ސަމޯއާގެ ރައްޔިތުން މި އުފާވެރި މުނާސަބަތު ފާހަގަކުރާއިރު، އެމީހުންގެ މިނިވަންކަމާއި އިސްތިޤްލާލު ރައްކާތެރިކޮށް، ކުރިއަށް އޮތް ހުރިހާ ޖީލުތަކަށް ތަރައްޤީގެ އަމިއްލަ މަގު ޗާޓްކުރެވޭނެކަމަށް އުންމީދުކުރައްވާ ކަމަށް އެކްސް މެދުވެރިކޮށް ރައީސް ހިއްސާކުރެއްވި މެސެޖުގައި ވިދާޅުވެފައިވެއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ގޮތުގައި، ރާއްޖެ އާއި ސަމޯއާއާ ދެމެދު އޮންނަ އެއްބައިވަންތަކަން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

ސަމޯއާގައި މިނިވަން ދުވަސް ފާހަގަކުރަނީ ޖޫން މަހުގެ 1 ވަނަ ދުވަހުއެވެ. ދިވެހިރާއްޖެ އާއި ސަމޯއާއާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކޮށްފައިވަނީ 2 އޮގަސްޓު 1993 ގައެވެ.

https://wamco.com.mv/
https://www.aslu.com.mv