logo

ހުޅުމާލެއިން ގިނަ އަދަދެއްގެ ވެހިކަލް ޓޯކޮށްފި

profile

މުޙައްމަދު ފަޟްލޫން - 09 ފެބްރުއަރީ 2026 - 12:31

ގަވާއިދާ ހިިލާފަށް ޕާކްކޮށްފައިވާ 26 އުޅަނދެއް ހުޅުމާލެއިން ފާއިތުވެދިޔަ 48 ގަޑިއިރުގެ ތެރޭގައި ފުލުހުން ޓޯކޮށްފިއެވެ.

https://wamco.com.mv/

ހުޅުމާލެއިން ޓޯކުރި އުޅަނދުތަކުގެ ދެ ފުރޮޅުލީ 23 އުޅަނދަކާއި ހަތަރު ފުރޮޅުލީ 3 އުޅަނދެެއް ޓޯ ކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ދެ ފުރޮޅުލީ އުޅަނދުތަކުގެ ތެރެއިން 16 އުޅަނދު ޓޯކޮށްފައިވަނީ ލައިސަންސް ނެތި ދުއްވުމާ ގުޅިގެންނެވެ.

ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި އެއްގަމު ދަތުރުފަތުރުގެ ގަވާއިދާ ހިލާފުވި 38 ފަރާތެއް ޖޫރިމަނާކޮށް ފިޔަވަޅު އަޅާފައިވާ ކަމަށް ވެސް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

އެއްގަމު ދަތުރުފަތުރުގެ ގަވާއިދާ ހިލާފަށް ޕާކްކުރާ އަދި އުޅަނދު ދުއްވާ ފަރާތްތައް ފުލުހުން ދަނީ ޖޫރިމަނާކުރަމުންނެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay