.jpeg&w=3840&q=75)
އެޗްއާރުސީއެމްގެ ރައީސަކަށް ޑރ. ރަމީލާ އައްޔަންކުރަން މަޖިލީހުން ފާސްކޮށްފި

މުޙައްމަދު ފަޟްލޫން - 06 ޖެނުއަރީ 2026 - 04:53
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، އެޗްއާރުސީއެމްގެ ރައީސްގެ މަޤާމަށް ކުރީގެ ވަޒީރު ޑރ. ޢާއިޝަތު ރަމީލާ އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން
ފާސްކޮށްފިއެވެ.
ރަމީލާ އެޗްއާރުސީއެމްގެ ރައީސް ކަމަށް އައްޔަނުކުރަން ފާސްކޮށްފައިވަނީ ދައުރުން ބޭރުން ބޭއްވި މަޖިލީހުގެ ޖަލްސާގައެވެ.
ރަމީލާ އެޗްއާރުސީއެމްގެ ރައީސް ކަމަށް އައްޔަނުކުރަން ފެންނަ ކަމަށް 38 މެމްބަރަކު ވޯޓް ދީފައިވާއިރު އޭނާ އެމަގާމަށް އައްޔަނުކުރަން ނުފެންނަ ކަމަށް އެއްވެސް މެމްބަރު ވޯޓް ދީފައެއް ނުވެއެވެ.
އެޗްއާރުސީއެމްގެ މެންބަރުކަމަށް ރަމީލާ އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 29 ވަނަ ދުވަހު ބޭއްވި ޖަލްސާގައެވެ. އަދި އެ މަގާމަށް އޭނާ އައްޔަން ކުރެއްވީ މިދިޔަ ޑިސެންބަރު މަހުގެ 3ވަނަ ދުވަހުއެވެ.
މިކަން ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމެޓީއަށް ފޮނުވުމުން، ކޮމެޓީގެ ބައްދަލުވުމެއް ބާއްވާ އެނާގެ ނަން ކޮމެޓީގައި ބައިރިވެރިވި މެންބަރުން އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.
އޭނާގެ ނަން ފާސްކުރުމާއެކު ކޮމެޓީން ނިންމި ގޮތުގެ ރިޕޯޓު ހުށަހެޅުމަށް ދައުރުން ބޭރުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބާއްވަން ނިންމައި އެ ޖަލްސާގައި އެކަން ވަނީ އެޖެންޑާކޮށްފައެވެ.
ރަމީލާ އެޗްއާރުސީއެމްގެ މެންބަރުކަަމަށް އައްޔަންކުރެއްވީ، އެ ކޮމިޝަންގެ ރައީސްގެ މަޤާމުގައި ހުންނެވި މަރިޔަމް މުނާގެ މަޤާމުގެ މުއްދަތު ހަމަވުމުންނެވެ.
މުނާގެ މެންބަރުކަމުގެ މުއްދަތު ހަމަވުމާއެކު އެޗްއާރުސީއެމްގެ ރައީސްގެ މަގާމުވެސް މިހާރު އޮތީ ހުސްކޮށެވެ.
އެ މަޤާމަށް ކޮމިޝަންގެ މެންބަރުންގެ ތެރެއިން މެންބަރަކު އައްޔަން ކުރައްވާނީ ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާއެވެ.
ގުޅުން ހުރި ޙަބަރުތައް

ޕީއެންސީ އޮފީސް މިރޭ ހުޅުވަނީ
2 ގަޑިއިރު ކުރިން

ރީ-އެމްޕްލޯއިމަންޓްގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރައްވައިފި
3 ގަޑިއިރު ކުރިން

ފިޠުރު ޒަކާތް އޮންލައިންކޮށް ބަލައިގަތުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފި
3 ގަޑިއިރު ކުރިން

ހައްގުވާ ތާރީޚުން ފެށިގެން ސިވިލް ސާވަންޓުންގެ މުސާރަ ބޮޑުވާ ގޮތް ހަދައިފި
6 ގަޑިއިރު ކުރިން


