logo

އައިޑީކާޑާއި ޕާސްޕޯޓު ހެއްދުމުގެ ޚިދުމަތް އަންނަ އަހަރު މުޅި ރާއްޖެއަށް ފުޅާކުރަނީ

profile

މަރްޔަމް އުމްނާ އިސްމާޢީލް - 16 ނޮވެމްބަރު 2024 - 16:11

ޕާސްޕޯޓާއި އައިޑީކާޑުގެ ހިދުމަތް ތައާރަފްކުރުން

ޕާސްޕޯޓާއި އައިޑީކާޑުގެ ހިދުމަތް ތައާރަފްކުރުން

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ޕާސްޕޯޓު ހެއްދުމުގެ ހިދުމަތް އަންނަ އަހަރު ތެރޭގައި މުޅި ރާއްޖެއަށް ފުޅާކުރުމަށް ނިންމައި، އެ މަޝްރޫއު އިފްތިތާހު ކޮށްފިއެވެ.

ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މަޝްރޫއު އިފްތިތާހުކޮށްދެއްވީ، ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ. މި ރަސްމިއްޔާތުގައި އެމަނިކުފާނު ވަނީ އައިޑީކާޑާއި ޕާސްޕޯޓު ހެއްދުމުގެ ފުޅާކުރުމުގެ މަގުޗާޓު އާއްމު ކުރައްވާފައެވެ.

2025 ގެ ނިޔަލަށް ކޮންމެ ސިޓީއަކާއި އަތޮޅެއްގައި ވެސް ކަނޑައެޅޭ ވަކި ސަރަހައްދުތަކުގައި އެ ހިދުމަތް ގާއިމުކުރެވޭނެއެވެ.

އައިޑީކާޑާއި ޕާސްޕޯޓުގެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާކުރާ ގޮތުގެ ޓައިމްލައިން

  • 2024 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ނިޔަލަށް ދ. ކުޑަހުވަދޫ އާއި ހދ. ކުޅުދުއްފުށީގައި މި ހިދުމަތް ގާއިމުކުރުމަށާއި،
  • 2025 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް ހދ. މަކުނުދޫގައި ޚިދުމަތް ގާއިމުކުރުމަށާއި،
  • 2025 މާރިޗުމަހުގެ ނިޔަލަށް ގދ. ތިނަދޫ އަދި ގދ. ގައްދޫގައި މި ހިދުމަތް ގާއިމުކުރުމަށާއި ،
  • 2025 ވަނަ އަހަރުގެ އެޕްރިލް މަހުގެ ނިޔަލަށް އައްޑޫ ސިޓީގެ ހިތަދޫ އާއި ހުޅުމީދޫގައްޔާއި ފުވައްމުލައް ސިޓީގައި މި ހިދުމަތް ގާއިމުކުރުމަށާއި ،
  • 2025 ވަނަ އަހަރުގެ މޭމަހުގެ ނިޔަލަށް ހއ. ދިއްދޫ، ހއ. އިހަވަންދޫ، ރ. އުނގޫފާރު އަދި ރ. އަލިފުށީގައި މި ހިދުމަތް ގާއިމުކުރުމަށާއި،
  • 2025 ވަނަ އަހަރުގެ ޖޫންމަހުގެ ނިޔަލަށް، ށ. މިލަންދޫ އާއި ށ. ފުނަދޫ އާއި ލ. ފޮނަދޫގައި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ހިދުމަތް ގާއިމުކުރުމަށާއި،
  • 2025 ވަނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ނ. ވެލިދޫ އާއި ތ. ވޭމަންޑޫގައި މި ހިދުމަތް ގާއިމުކުރުމަށާއި ،
  • 2025 ވަނަ އަހަރުގެ އޯގަސްޓު މަހުގެ ނިޔަލަށް އދ. މަހިބަދޫ އާއި ބ. ދަރަވަންދޫގައި މި ހިދުމަތް ގާއިމުކުރުމަށާއި ،
  • 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ޅ. ނައިފަރު އަދި ފ. ނިލަންދޫގައި މި ހިދުމަތް ގާއިމުކުރުމަށާއި ،
  • 2025 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ ނިޔަލަށް، މ. މުލި އަދި އއ. ރަސްދޫގައި މި ހިދުމަތް ގާއިމުކުރުމަށާއި ،
  • 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ވ. ފެލިދޫ، ކ. ތުލުސްދޫ އަދި ކ. ގުރައިދޫގައި މި ހިދުމަތް ގާއިމުކުރުމަށް ވަނީ ހަމަޖެހިފަ
https://int.etukuri.mv/
tel:+9607331319