logo

އިދިކޮޅުން ބަޢާވާތް ކުރަން އުޅުނު މައްސަލަ ތަހުގީގު ކުރަން ފަށައިފި

profile

އައިޝަތު އިނާޝާ - 26 އޯގަސްޓު 2024 - 22:56

ކަމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު

ކަމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު

އާދިއްތަ ދުވަހު (ބޭންކް އޮފް މޯލްޑިވްސް) ބީއެމްއެލްގެ ޑޮލަރު ކާޑުގެ ލިމިޓް އުވާލަން އެ ބޭންކުން ނިންމުމާ ގުޅިގެން އިދިކޮޅުން ބަޢާވާތް ކުރަން އުޅުނުކަމަށް ތުހުމަތުކޮށް އެ މައްސަލަ ދިވެހި ފުލުހުންގެ ހިދުމަތުން ތަހުގީގު ކުރަން ފަށައިފިއެވެ.

ފުލުހުން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނީ ސަރުކާރުގެ މައި ހިއްސާ އޮންނަ ބެންކަކުން ސަރުކާރުގެ މަޝްވަރާއާ ހިލާފަށް ދިވެހި ރައްޔިތުންނަށް ކުއްލި ސިހުމެއް ލިބޭ ފަދަ ނިންމުމެއް ނިންމި ވަގުތާ ދިމާކޮށް، ސިޔާސީ ފަރާތްކުން ސަރުކާރުގެ މާލީ ހާލަތާ ބެހޭގޮތުން ނޫސްވެރިންގެ ބައްދަލުވުން ބާއްވާ ހަމަ އެވަގުތު ސޯޝަލްމީޑިއާގެ ބޮޓް އެކައުންޓުތައް ބޭނުންކޮށްގެން ސަރުކާރު ވައްޓާލަން މަގުތަކަށް ނިކުތުމަށާއި އާންމު ހަމަޖެހުން ނަގާލުމަށް ގޮވާލާ ގައުމުގެ މަސްލަހަތު ނަގާލުމަށް ހިތްވަރުދިފައިވާ ކަމަށެވެ.

ފުލުހުން ބުނީ މިކަމަކީ ގާނޫނީ ސަރުކާރެއް ޢައިރު ގާނޫނީ ގޮތުން ބަދަލު ކުރުމަށް ކުރެވިގެން ދިޔަ ކަމެއް ކަމަށް ބެލުމުގެ ޖާގަ އެބައޮތް ކަމަށެވެ. އެހެންކަމުން މައްސަލަ ތަހުގީގު ކުރަންފަށާފައިވާ ކަމަށް ފުލުހުންގެ ބަޔާނުގައި ވަނި ބުނެފައެވެ.

ބީއެމްއެލްގެ ޑޮލަރު ކާޑުގެ ލިމިޓް އުވާލަން ބީއެމްއެލްގެ ބޯޑުން ނިންމި ނަމަވެސް ބީއެމްއެލް އިން ގެނައި ބަދަލު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އަންގައިގެން ވަނި ބަދަލުކޮށްފައެވެ.

ބޭންކުގެ އެ ނިންމުމާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް ގިނަ ބަޔަކު ސޯޝަލްމީޑިއާގައި ވަނީ ހިޔާލުފާޅު ކޮށްފައެވެ.

tel:+9607331319