logo

ރަސްމާލެ ސައިޓް އޭ އިން 56 ހެކްޓަރުގެ ބިން ހިއްކައިފި

profile

ޝަހްޒާ މުޙައްމަދު - 05 ޖެނުއަރީ 2026 - 06:44

ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ ބިޔަ މަޝްރޫއު، ރަސްމާލެ ހިއްކުމުގެ މަސައްކަތުގެ ތެރެއިން ރަސްމާލެ މަޝްރޫއުގެ ސައިޓް އޭ އިން 56 ހެކްޓަރުގެ ބިން ހިއްކާނިމިއްޖެއެވެ.

https://wamco.com.mv/

މި މަޝްރޫއުގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ސައިޓް އޭ އިން ހިއްކުމަށް ހަމަޖެހިފައިވާ ސަރަހައްދުގެ ބޮޑު ބައެއް މިހާރު ވަނީ ނިންމާލެވިފައެވެ.

މި މަޝްރޫއުގެ ދަށުން ސައިޓް އޭ އިން ޖުމްލަ 137.5 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ކަނޑައަޅާފައެވެ. އޭގެ ތެރެއިން މިހާތަނަށް 56 ހެކްޓަރުގެ ބިން ވަނީ ހިއްކާ ނިންމާފައިވާ އިރު މިއީ އެ ސައިޓުން ހިއްކުމަށް ހަމަޖެހިފައިވާ ޖުމްލަ ސަރަހައްދުގެ ގާތްގަނޑަކަށް 41 އިންސައްތަ މަސައްކަތެވެ.

ރަސްމާލޭގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްގެންދަނީ އެމްއޭސީއެލްގެ ދަށުން އުފައްދާފައިވާ ސަބްސިޑަރީ ކުންފުންޏަކުންނެވެ.

ރަސްމާލެ ސައިޓް އޭ ގެ ބިން ހިއްކުމުގެ މަސައްކަތް ފެށީ މިދިޔަ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުއެވެ.

މި މަސައްކަތުގައި ބޭނުންކުރަމުންދަަނީ ދުނިޔޭގެ އެންމެ ބޮޑެތި ޑްރެޖަރުތަކުގެ ތެރޭގައި ހިމެނޭ 46،000 ކިއުބިކް މީޓަރުގެ ކެޕޭސިޓީއެއް ހުންނަ ކްރިސްޓޯބަލް ކޮލޯން އެވެ.

ރަސްމާލޭގެ ބިން ހިއްކުމުގެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހުއެވެ.

ރަސްމާލެ ހިއްކުމުން ހުޅުމާލެ ފޭސް 1 އަދި 2 އެއްކޮށްލުމުން ވާވަރުގެ ތިން ގުނަ ބިން ލިބޭނެ ކަމަށް ސަރުކާރުން ލަފާކުރެއެވެ.

ރަސްމާލެ ތަރައްގީ ކުރެވިގެންދާނީ ތިމާވެއްޓާއި ރައްޓެހި ސިޓީއެއްގެ ގޮތުގައި ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay