
ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު
މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަރޓީ އޮފީސް ރައީސް އުފައްދަވައިފި

މުޙައްމަދު ފަޟްލޫން - 01 ޖެނުއަރީ 2026 - 11:26
ޤާނޫނު ނަންބަރު 2025/12 (މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަރޓީ އޮފީހުގެ ޤާނޫނު)ގެ 4ވަނަ މާއްދާގެ (ހ)ގެ ދަށުން، "މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަރޓީ އޮފީސް" ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު އުފައްދަވައިފިއެވެ.
އަދި މި އިދާރާއަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި އެމަނިކުފާނު ވަނީ ހަމަޖައްސަވާފައެވެ.
މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަރޓީ ޤާނޫނުގެ މައިގަނޑު ބޭނުމަކީ، ދިވެހިރާއްޖޭގައި ފިކުރީ މުދާ ޙިމާޔަތްކޮށް ކުރިއެރުވޭނެ ހަރުދަނާ ނިޒާމެއް ޤާއިމުކޮށް، ވިޔަފާރީގެ ދާއިރާގައި ފަންނުވެރިކަމާއި އައު އީޖާދުތަކަށް ހިތްވަރުދީ، އެ ދާއިރާ ކުރިއަރުވައި، ޤައުމުގެ އިޤްތިޞާދީ ތަރައްޤީއަށް މަގުފަހިކުރުމަށްޓަކައި މަސައްކަތް ކުރުމެވެ.
މި ބިލް ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރެއްވީ 2025 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 21 ވަނަ ދުވަހުއެވެ. އަދި 1 ޖެނުއަރީ 2026 އިން ފެށިގެން މި ޤާނޫނަށް ވަނީ ޢަމަލުކުރަން ފަށާފައެވެ.
މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަރޓީ އޮފީސް ޤާއިމްކުރައްވައި، އެ އޮފީހަށް ލިޔުއްވާ ސިޓީގައި ޖައްސަވާނެ ނަންބަރަކީ 1136 ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ނަންބަރު 2026/2 ވަނަ ދެންނެވުމުން މިއަދު ވަނީ އަންގަވާފައެވެ.
ގުޅުން ހުރި ޙަބަރުތައް

ރައީސުލްޖުމްހޫރިއްޔާ މޯލްޑިވްސް ޒަކާތު ހައުސް ޤާއިމުކުރައްވައިފި
3 ގަޑިއިރު ކުރިން

ރައީސް ޑރ މުއިއްޒު މީލާދީ އައު އަހަރުގެ ތަހުނިޔާ ބޭރު ގައުމުތަކުގެ އިސްވެރިންނަށް ފޮނުއްވައިފި
4 ގަޑިއިރު ކުރިން

ރުގްޔާ ކުރުމުގެ ނަމުގައި ޖިންސީ ގޯނާކުރި ބަޔަކު ޖަލަށް ލާން ހުކުމްކޮށްފި
4 ގަޑިއިރު ކުރިން

2026ވަނަ އަހަރުގެ ގެ ފުރަތަމަ ފަސިންޖަރަށް ހޫނުމަރުހަބާއެއް ކިޔައިފި
4 ގަޑިއިރު ކުރިން


