logo

2026ވަނަ އަހަރުގެ ގެ ފުރަތަމަ ފަސިންޖަރަށް ހޫނުމަރުހަބާއެއް ކިޔައިފި

profile

މުޙައްމަދު ފަޟްލޫން - 01 ޖެނުއަރީ 2026 - 09:55

2026 ވަނަ އަހަރުގެ ފުރަތަމަ ފަސިންޖަރަށް ރާއްޖެއިންމަރުހަބާ ކިޔައިފިއެވެ.
މި އަހަރުގެ ފުރަތަމަ ފަސިންޖަރުގެ ލަގަބު ލިބިފައިވަނީ އެތިހާދު އެއާވޭސް އިން ރާއްޖެއައި ޖަރުމަންގެ ރައްޔިތެއް ކަމަށްވާ ތޯމަސް އެންޑްރޫ ހެލްވެގާ, 54އ އެވެ.

https://wamco.com.mv/

އޭނާރާއްޖެ އައިސްފައިވަނީ އަންހެނުންނާއެކުއެވެ.

މިއީ ތޯމަސް އާއި އޭނާގެ އަންހެނުންރާއްޖެ އައި ފުރަތަމަ ފަހަރެވެ.
ތޯމަސް އަށް މަރުހަބާ ކިއުމުގެ ގޮތުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެއެރައިވަލް އޭރިއާގައި ވަނީ މިއަދު ހާއްސަ ހަފުލާއެއް ބާއްވައިފައެވެ.

އެ ހަފުލާގައި ތޯމަސްއަށް އެމްއޭސީއެލްގެ ފަރާތުން މަރުހަބާ ވިދާޅުވީ ޕެސެންޖާ ސާވިސަސްގެ ޑެޕިއުޓީ ޗީފްއޮފިސަރު އަލީ މުސްތާގުއެވެ.
މި ހަފުލާގައި ތޯމަސް އަށް ވަނީ އެމްއޭސީއެލްގެ ފަރާތުން ހާއްސަ ހަދިޔާއެއް ދީފައެވެ.
އެމްއޭސީއެލްގެ އަބަދުވެސް އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކާއިއެއާޕޯޓްތަކުގެ ހިދުމަތް ހޯދާ ހުރިހާ ފަސިންޖަރުންނަށް އެންމެ ފުރިހަމަ އަދި އެންމެމަތީ ފަންތީގެ ހިދުމަތެއް ފޯރުކޮށްދިނުމެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay