
ރުގްޔާ ކުރުމުގެ ނަމުގައި ޖިންސީ ގޯނާކުރި ބަޔަކު ޖަލަށް ލާން ހުކުމްކޮށްފި

މުޙައްމަދު ފަޟްލޫން - 01 ޖެނުއަރީ 2026 - 09:56
ރުގްޔާގެ ނަމުގައި އަންހެނަކާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި ދެ މީހަކު ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
2020 ވަނަ އަހަރު އެކި ދުވަސް މަތިން، އަންހެނަކާއި އުމުރުން 18 އަހަރު ނުފުރޭ ތިން ކުދިންނަށް ރުގްޔާ ކުރުމުގެ ނަމުގައި ޖިސްމާނީ ހާނިއްކަކޮށް، ޖިންސީ ގޯނާކޮށްފައިވާ މައްސަލައިގައި ދައުވާކޮށްފައި ވަނީ ރ. ކަނދޮޅުދޫ، މިރިހިމާގެ އިސްމާއިލް ވަހީދާއި ރ. ކަނދޮޅުދޫ، ދިލްސާދުއާގެ މުހައްމަދު އަސީލްގެ މައްޗަށެވެ.
އެ ދެ މީހުންގެ މައްޗަށް ދައުވާ ކޮށްފައިވަނީ 2020 ޑިސެމްބަރު 30 ވަނަ ދުވަހުއެވެ.
އެ މައްސަލައިގައި އެ ދެ މީހުންގެ މައްޗަށް ކުރި ޖުމްލަ 12 ދައުވާ ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ކަނޑައަޅާފައެވެ.
ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ދައުވާ ހިމެނޭ ގޮތަށް، އަސީލްގެ މައްޗަށް ކުރި ހަތް ދައުވާ ވެސް ސާބިތުވެ 25 އަހަރާއި 10 މަހާއި 24 ދުވަހަށް އޭނާ ޖަލަށްލާން ވަނީ ހުކުމް ކޮށްފައެވެ.
އެ މައްސަލައިގައި ދެން ހިމެނޭ، އިސްމާއިލް ވަހީދަށް ކުރި ފަސް ދައުވާ ސާބިތުވެ، އޭނާ 6 އަހަރާއި ނުވަ މަހާއި 18 ދުވަހަށް ޖަލަށްލާން ވަނީ ހުކުމް ކޮށްފައެވެ.
ގުޅުން ހުރި ޙަބަރުތައް

މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަރޓީ އޮފީސް ރައީސް އުފައްދަވައިފި
2 ގަޑިއިރު ކުރިން

ރައީސުލްޖުމްހޫރިއްޔާ މޯލްޑިވްސް ޒަކާތު ހައުސް ޤާއިމުކުރައްވައިފި
3 ގަޑިއިރު ކުރިން

2026ވަނަ އަހަރުގެ ގެ ފުރަތަމަ ފަސިންޖަރަށް ހޫނުމަރުހަބާއެއް ކިޔައިފި
4 ގަޑިއިރު ކުރިން

ބ. ދޮންފަނުގައި ސޯލާ ޑީސަލް ހައިބްރިޑް ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ފަށައިފި
7 ގަޑިއިރު ކުރިން


