logo

ރޯދަ ހަދިޔާ ޓާސްކްފޯހުން ފަހުގެ ތައްޔާރީތަކާއި ބެހޭ ބައްދަލުވުމެއް ބާއްވައިފި

profile

މުޙައްމަދު ފަޟްލޫން - 07 ޖެނުއަރީ 2026 - 13:51

ކުރިއަށް އޮތް ރަމަޟާން މަހު ގޭބިސީތަކަށް ރޯދަ ހަދިޔާ ބެހުމުގެ ކަންކަމުގައި އެކުލަވާލައިފައިވާ ޓާސްކު ފޯހުން އެންމެ ފަހުގެ ތައްޔާރީތަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ބައްދަވުމެއް ބާއްވައިފިއެވެ.

https://wamco.com.mv/

މި ބައްދަލުވުމުގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިނިންގއާއި، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ)އާއި، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ)ގެ އިތުރުން ދިވެހި ފުލުހުންގެ ޚިދުމަތުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ރޯދަ ހަދިޔާ ބެހުމުގެ ކަންކަމުގައި މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްއިން ވަމުންދާ ތައްޔާރީތަކުގެ މަޢުލޫމާތު މިނިސްޓަރ އާދަމް ޝަރީފު ވަނީ ޓާސްކްފޯހުގެ ބޭފުޅުނާ ހިއްސާކުރައްވާފައެވެ. އަދި މި ދިޔަ އަހަރު ރޯދަ ހަދިޔާ ބެހުމަށް އެ އިދާރާތަކުން ދެއްވާފައިވާ އެހީތެރިކަމަށް މިނިސްޓަރ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ރޯދަ މަހާ ގުޅިގެން ދިވެހި ރައްޔިތުންނަށް ޚާއްޞަ ޢިނާޔަތްތަކެއް ކޮންމެ އަހަރަކު ވެސް އަންނަނީ ދެއްވަމުންނެވެ.

ދިވެހި ގޭބިސީތަކަށް، ރޯދަ ހަދިޔާގެ ގޮތުގައި މި އަހަރު ދިނުމަށް ހަމަޖެހިފައި ވަނީ މަސްދަޅު ކޭހެކެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay