
ކާމިޔާބު ފިލްމް ޑައިރެކްޓަރ ނަހޫގެ ސޮރީގެ ފަހުގެ ތައްޔާރީތައް

އައިޝަތު އިބްރާހިމް - 06 އޭޕްރީލު 2025 - 11:29
މަޝްހޫރު ވާހަކަލިޔުންތެރިޔާ އަދި ރާއްޖޭގެ ކާމިޔާބު ޑައިރެކްޓަރުންގެ ތެރޭގަ ހިމެނޭ ފާޠިމަތު ނަހުލާ ޑައިރެކްޓް ކުރާ ދިވެހި ފިލްމް ސޮރީގެ އެންމެ ފަހުގެ ތައްޔާރީތަކުގެ ވާހަކަ ނަހޫ ވަނީ ސޮރީ ފިލްމް ޕޭޖްގައި ހިއްސާކޮށްފައެވެ.
އެގޮތުން ފިލްމު "ސޮރީ" ގެ އޮފިޝަލް ޕޯސްޓަރު އަދި ބައެއް ލަވަތައް އޭޕްރިލް 8 ގައި ރިލީޒް ކުރަން ތައްޔާރުވަމުން އަންނަކަމަށް ވަނީ ބުނެފައެވެ.
މިކަމަށް ބާއްވާ ރަސްމިއްޔާތު އޮންނާނީ އޭޕްރިލް 8 ވާ އަންގާރަ ދުވަހުގެ ރޭގަނޑު 20:45 ގައެވެ. މި ރަސްމިއްޔާތު އޮންނާނީ ސޯޝަލް ސެންޓަރ ބޭރު ސްޓޭޖުގައި ކަމަށް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ވަނީ ހާމަކޮށްފައެވެ.
ފިލްމް "ސޮރީ" ގެ ފޭސްބުކް ޕޭޖްގައި ބުނެފައިވަނީ، މި ރަސްމިއްޔާތު އެ ސްޓޭޖުގައި އޮންނާނެކަމަށާއި މި ރަސްމިއްޔާތަށް އެންމެންނަށްވެސް ދައުވަތު ދީފައިވާކަމަށެވެ. ނަހޫގެ ފިލްމެއް ބަލާލަން ބޭނުންވާ ބެލުންތެރިންނަށް މިއީ ލިބޭ ވަރަށް އުފާވެރި ޚަބަރަކަށް ވާނެކަމީ ޝައްކެތްވެސް ނެތްކަމެކެވެ.
މި ފިލްމު ވާހަކަ ފެންމަތިވީއްސުރެ ގިނަ ބަޔަކު އަންނަނީ ފިލްމު ނެރޭނެ ދުވަހަކަށް އިންތިޒާރު ކުރަމުންނެވެ. މި ފިލްމު ނެރުމަށް މިހާރު ހަމަޖެހިފައިވަނީ ޖޫން 17 ވަނަ ދުވަހެވެ. މިއީ މީގެ ފަސް އަހަރުކުރިން 2019 ވަނަ އަހަރުގެ ޖޫން މަހު ދިވެހި ފިލްމް އިންޑަސްޓްރީއަށް ހިތްގައިމު ރީތި ފިލްމްތަކެއް ގެނެސްދީފައިވާ މަޝްހޫރު ވާހަކަ ލިޔުންތެރިޔާ އަދި ފިލްމު ޕްރޮޑިއުސަރ/ޑައިރެކްޓަރ ފާތުމަތު ނަހުލާ (ނަހޫ)، ފީޗާ ފިލްމެއް އުފައްދަން އުޅޭކަން ހާމަކުރިއެވެ. ފިލްމުގެ ނަމަކީ “ސޮރީ” ކަމަށް ނަހޫ އިޢުލާނުކުރިއެވެ.
މި ފިލްމް ޝޫޓް ކޮށްފައިވަނީ މާލޭގެ އިތުރުން ބ. ކުޑަރިކިލުގައިގައެވެ. "ސޮރީ"ގެލީޑުން ފެނިގެންދާނީ މަރިޔަމް އައްޒަ އާއި ޔޫސުފް ޝަފީޢު (ޔޫއްޕެ)ގެ އިތުރުން ނަހޫގެ އެންމެ ހަގުދަރިފުޅު ލާލި އަދި ނަހޫގެ ދޮށީ ދަރިފުޅު ނާޝްގެ އަންހެން ދަރިފުޅެވެ.
ބޮޑު ކާސްޓަކާއެކު އުފައްދާ މި ފިލްމުން ރާއްޖޭގެ ފިލްމީ ދާއިރާގައި ފާހަގަ ކޮށްލެވޭ މަޝްހޫރު ތަރިން ފެނިގެންދާނެއެވެ. އޭގެ ތެރޭގައި ޔޫސުފް ޝަފީއު (ޔޫއްޕެ)، މަރިޔަމް އައްޒަގެ އިތުރުން ، ނަހޫގެ އެންމެ ހިޓް ގިނަ ފިލްމުތަކެއްގައި އެކި ރަހަތަކުގެ ރޯލުތަކުން ފެނިގެން ގޮސްފައިވާ، ޝީލާ ނަޖީބް އަދި ހުސައިން ސޮބާހު ވެސް ލީޑްގައި ފެނިގެންދާނެއެވެ. މިއީ ޝީލާ އަދި ސޮބާ އެކުގައި ފިލްމަކުން ފެނިގެންދާނެ ފުރަތަމަ ފިލްމްކަންވެސް ފާހަގަކުރެވެއެވެ. ސިވެހި ފިލްމް "ސޮރީ" އިން މުޅިން އަލަަށް ފިލްމީ ދާއިރާއާ ގުޅޭ އެވްލީ އާއި ލާލިވެސް މި ފިލްމުގެ މުހިންމު ރޯލުތަކަކުން ފެނިގެންދާނެއެވެ.
ވާހަކަ ލިޔުންތެރިޔާ އަދި ޑައިރެކްޓަރ ނަހޫ ބުނި ގޮތުގައި “ސޮރީ” އަކީ ނަހޫގެ އަމިއްލަ ވާހަކައަކަށް ބިނާކޮށް ހަދާ ފިލްމެކެވެ. “ސޮރީ” ޑައިރެކްޓްކުރަނީ ނަހޫގެ އަދި ރަވީ ފާރޫޤްއެވެ. އެހެން ނަމަވެސް މި ފިލްމުންވެސް ނަހޫގެ އެންމެ ހިޓްވެގެން ދިޔަ ފިލްމުތަކުން ފެނިގެންދިޔަ ސްޓައިލާއި އެ އަސަރުތައް ފެނިގެންދާނެ ކަމަށްވެސް ނަހޫ ބުނެފައިވެއެވެ.
ފިލްމުގެ ޝޫޓުތަކުގެ ބައެއް މަންޒަރުތައް ސޯޝަލް މީޑިއާގައި މިހާރު ޙިއްޞާ ކޮށްފައިވާއިރު، މި ފިލްމްގެ އަސަރުގަދަކަން އެނގިގެން ދެއެވެ. އަދި ފިލްމުގެ ޑައިރެކްޓަރު ނަހުލާވެސް ވަނީ މިކަން ޔަގީން ކޮށްދީފައެވެ.
ގިނަ ދުވަސްތަކެއް ވަންދެން ފިލްމީ މަސައްކަތާއި ދުރުގައި ހުރުމަށްފަހު ނަހޫގެ އެނބުރި އައުން ކަމުގައިވާ "ސޮރީ" އަކީ ލޯބީގެ އަސަރުގަދަ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެއްކަން ނަހޫވަނީ ފާހަގަކޮށްފައެވެ. ނަހުލާ ބުނީ މި ފިލްމަކީ ބަލައިފި އެއްވެސް މީހެއްގެ ހިތުން ފިލައިގެން ނުދާ ފަދަ އަސަރުގަދަ މަންޒަރުތަކެއް އެކުލެވޭ ފިލްމަކަށް މިފިލްމްވާނެ ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
2 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
2 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
2 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
2 އަހަރު ކުރިން