logo

ޖޭއެސްސީ އިން އިސްނަގައިގެން، މަދަނީ އިޖުރާއާތުގެ ޤާނޫނަށް އިޞްލާޙު ހުށަހަޅަނީ

profile

އައިޝަތު އިނާޝާ - 07 ނޮވެމްބަރު 2024 - 23:55

ޖޭއެސްސީ

ޖޭއެސްސީ

ރާއްޖޭގެ ކޯޓުތަކުގައި މަދަނީ މައްސަލަތައް ތޮއްޖެހި، މައްސަލަތައް ލަސްވެ އަދި މައްސަލަތަކުގެ ޙުކުމްތައް ތަންފީޛުވުން ލަސްވާތީ ޖުޑީޝަލް ސާވިސް ކޮމިޝަނުން އިސްނަގައިގެން، މަދަނީ އިޖުރާއަތުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލެއް ބަންޑާރަނައިބުގެ އޮފީހަށް ފޮނުވައިފިއެވެ.

ޖޭއެސްސީން ބުނީ މަދަނީ އިޖުރާއަތުގެ ޤާނޫނު، 16ޑިސެމްބަރު 2021 ގައި ތަސްދީޤުކޮށް، އެ ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު ރާއްޖޭގެ ކޯޓުތަކުގައި މަދަނީ މައްސަލަތައް ތޮއްޖެހި، މައްސަލަތައް ލަސްވެ އަދި މައްސަލަތަކުގެ ޙުކުމްތައް ތަންފީޛުނުވެ މުޅި ނިޒާމަށް މިއިން ދުވަހަކު ކުރިމަތި ނުވާވަރުގެ ދަތިތައް ކުރިމަތިވެފައިވާ ކަމަށެވެ. އެހެންކަމުން ބޭންކުތަކާއި ވިޔަފާރި އިންސްޓިޓިއުޝަންތަކާއި ޢާއްމު ރައްޔިތުންގެ ވިޔަފާރިތައް ހުއްޓި މަދަނީ ޢަދުލުގެ ނިޒާމަށް ކުރިމަތިވެފައިވާ މައްސަލަތަކަށް ޙައްލެއް ހޯދެން އޮތީ މިހިނދުން މިހިނދަށް ޤާނޫނަށް އިޞްލާޙުތަކެއް ގެނެވިގެންކަމަށެވެ.

އެހެންކަމުން ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ އިސްނެގުމުގެމަތިން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި، އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް، މަދަނީ އިޖުރާއާތުގެ ޤާނޫނަށް ގެންނަން ފެންނަ އިޞްލާޙުތައް ބަންޑާރަނައިބުގެ އޮފީހަށް ފޮނުވައި، ބަންޑާރަނައިބު މެދުވެރިކޮށް މި ޤާނޫނު އިޞްލާޙުކުރުމުގެ ބިލް ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ފޮނުވުމަށް 2024 ނޮވެމްބަރު 04 ވަނަ ދުވަހު ބޭއްވުނު ކޮމިޝަންގެ 57 ވަނަ ޖަލްސާއިން ނިންމަވާފައިވާތީ، މިއަދު މި އިޞްލާޙުތައް ބަންޑާރަނައިބުގެ އޮފީހަށް ހުށަހަޅާފައިވާ ކަމަށެވެ.

https://wamco.com.mv/
tel:+9607331319