logo

ހަރަދު ކުޑަކުރުމުގެ ގޮތުން އައު ފަނޑިޔާރުން ނެގުން މަޑުޖައްސާލައިފި

profile

އާމިނަތު ޝަފާ - 11 ޖުލައި 2024 - 18:56

ޖޭއެސްސީ

ޖޭއެސްސީ

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން އައު ފަނޑިޔާރުން ނެގުން މަޑުޖައްސާލައިފިއެވެ.

މިކަން ހާމަކޮސް ޖޭއެސްސީން ފޮނުވި ސިޓީއެއްގައިވަނީ ރާއްޖެއަށް މިވަގުތު ދިމާވެފައިވާ އިގްތިސާދީ ހާލަތުން އަރައިގަތުމަށް ދައުލަތުގެ ހަރަދުތައް ކުދަކުރަން ރައީސް އޮފީހުން އަންގަވާފައިވާތީއާއެކު ކޮމިޝަނުގެ ރިކަރަންޓް ހަރަދުތައް ކުޑަކޮށް ފިޔަވަޅުތަކެއް އެޅުަމށް ކޮމިޝަނުގެ ޖަލްސާއިން ނިންމާފައިވާކަމަށެވެ.

މި ފިޔަވަޅުތައް އެޅުމަށް ރައީސް އޮފީހުން ނިންމާފައިވާ ކަންތައްތަކާއި ޑިޖޭއޭއިން ކުރަން ރާވާފައިވާ ކަންކަމަށް ރިޔާއަތްކުރެވިފައިވާނެކަމަށް ސިޓީގައިވެއެވެ. އެގޮތުން ހަރަދުކުޑަކުރުމުގެ ގޮތުން އަޅަން ނިންމާފައިވާ ފިޔަވަޅުތަކަކީ ބޭރުގެ ފަރާތްތަކުގެ އެހީގައި ހިންގާ ޓްރޭނިން ޕްރޮގްރާމްތައް ފިޔަވައި އެހެނިހެން ޕްރޮގްރާމްތައް ހިންގުން މަޑުޖައްސާލުންމާއި، އިތުރުގަޑީގައި ކޮންމެހެން ނުކުމެ ކުރަން ޖެހޭ މަސައްކަތްތައް، ސުޕަވައިޒަރުގެ ހާއްސަ ހުއްދާ އެކު ކުރުމާއި ސުޕަވައިޒަރުން އިތުރުގަޑި މޮނިޓާކުރުމާއި، އައު މުވައްޒަފުން ނެގުމުގެ މަސައްކަތް މަޑުޖައްސާލުމެވެ. މީގެ އިތުރުން އައު ފަނޑިޔާރުން ނެގުމުގެ މަސައްކަތް މަޑުޖައްސާލުމާއި، އައު ކޯޓު ހުޅުވުމުގެ ރަސްމިއްޔާތުތައް މިވަގުތަށް ނުބޭއްވުމުެގ އިތުރުން މުސާރަ އާއި އިނާޔަތް ލިބޭ ގޮތަށް ފަނޑިޔާރުން ދިގު މުއްދަތުގެ ކޯސްތަކަށް ވީއްލުން މަޑުޖައްސާލުންވެސް ހިމެނެއެވެ.

ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅުކުރުމަށް ސަރުކާރުން ވަނީ ގިނަ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައެވެ. މީގެތެރެއިން ބައެއް ކަންކަން މިހާރުވެސްދަނީ ތަންފީޒުކުރަމުންނެވެ.

https://int.etukuri.mv/
tel:+9607331319