
މޫސާ އަލީ ޖަލީލް ޖަލްސާގައި ވާހަކަ ދައްކަވަނީ: ފޮޓޯ އަސްލުޓީވީ / ރިލްވާން
އަޅުގަނޑަށް ވޯޓުދެއްވި ހުރިހައި ފަރާތްތަކަށް ވެސް ޝުކުރު ދަންނަވަން: މޫސާ އަލީ ޖަލީލް

ރިޟްވާން މޫސާ - 06 އޭޕްރީލު 2026 - 19:28
ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭ ސިޓީގެ މޭޔަރު ކަމަށް ވާދަ ކުރެއްވި މޫސާ އަލީ ޖަލީލް އަށް ވޯޓު ދެއްވި ހުރިހައި ފަރާތްތަކަށް ވެސް އެމަނިކުފާނު ޝުކުރު ދަންނަވައިފި އެވެ.
މާލޭ ސިޓީގެ މޭޔަރު ކަމަށް ޕީއެންސީ ޓިކެޓުގައި މޫސާ އަލީ ޖަލީލް ވާދަކުރެއްވި އިރު އެމަނިކުފާނު ވަނީ ނާކާމިޔާބާއި ކުރިމަތިލާންޖެހިފަ އެވެ. މޭޔަރު ކަމުގެ ރޭހުގައި ވަގުތީ ނަތީޖާ ދައްކާ ގޮތުން ހޮވިފައި ވަނީ އެ މަގާމުގައި މިހާރުވެސް ހުންނެވި މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމެވެ.
މޫސާ އަލީ ޖަލީލް ގެ މައްޗަށް އާޒިމް ވަނީ ތަފާތު ބޮޑުކޮށް ކުރި ހޯދާފަ އެވެ.
މޫސާ އަލީ ޖަލީލް ސޮއިކުރައްވައި މިރޭ ނެރުނު ބަޔާނުގައި ބުނެފައި ވަނީ ޕީއެންސީގެ ޓިކެޓުގައި ވާދަކުރެއްވުމުގެ ފުރުސަތު ދެއްވި ކަމަށްޓަކައި ޕީއެންސީގެ ރައީސް އަދި ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަށާއި، ޕާޓީގެ ލީޑާޝިޕާއި، އެންމެހައި މެންބަރުންނަށް ވެސް ޝުކުރު އަދާކުރައްވާ ކަމަށެވެ.
މޫސާ އަލީ ޖަލީލް ސޮއިކުރައްވައި މިރޭ ނެރުނު ބަޔާން
އަދި އެމަނިކުފާނަށް އިތުބާރު ކުރައްވައި ވޯޓުދެއްވި ހުރިހައި ފަރާތްކަށް، ޝުކުރު ދަންނަވާ ކަމަށާއި، އިންތިޙާބުގައި ކާމިޔާބު ކުރެއްވެވި ފަރާތްތަކަށް މަރުހަބާ ދަންނަވާ ކަމަށެވެ.
މާލޭގެ މޭޔަރު ކަމަށް ޖުމްލަ 5 ބޭފުޅަކު ކުރިމަތި ލައްވާފައި ވެ އެވެ.
އެ ފަސް ބޭފުޅުންނަކީ
1 އެމްޑީއޭގެ ކެންޑިޑޭޓް އަބުދުﷲ މަހްޒޫމް 345 ވޯޓު
2 އަހުމަދު އައިހަމް ( އަމިއްލަ ގޮތުން ) 883 ވޯޓު
3 އިސްމާއީލް ޒަރިޔަންދު ( ޕީއެންއެފް ) 6270 ވޯޓު
4 މޫސާ އަލީ ޖަލީލް ( ޕީއެންސީ ) 9273 ވޯޓު
5 އާދަމް އާޒިމް ( އެމްޑީޕީ ) 13805 ވޯޓު
މުޅި ރާއްޖޭގެ މޭޔަރު ކަމުގެ ގޮނޑި ވަގުތީ ނަތީޖާ ދައްކާ ގޮތުން ވަނީ އެމްޑީޕީން ކާމިޔާބު ކޮށްފަ އެވެ.
ގުޅުން ހުރި ޙަބަރުތައް
.jpg&w=3840&q=75)
އެގްރޯ ނެޝެނަލް ކޯޕަރޭޝަންގެ އެމްޑީ މަގާމުން ވަކިކޮށްފި
5 ގަޑިއިރު ކުރިން

އެމެރިކާއަށް އެއްބާރުލުން ނުދިނުމަށް ގޮވާލައި، އީރާނުން ދުނިޔޭގެ ގައުމުތަކަށް އިންޒާރު ދީފި
7 ގަޑިއިރު ކުރިން

ސަލްމާ އާއި މުންދު މަގާމުން ވަކިކޮށްފި
7 ގަޑިއިރު ކުރިން

ކުޅިވަރަކީ މުޖްތަމައުގެ ތެރޭގައި ހުރި ގިނަ ކަންތައްތަކެއް ހައްލުކުރުމަށް ވަރުގަދަ ބާރެއް : ރައީސް
10 ގަޑިއިރު ކުރިން


.gif&w=3840&q=75)